ކ. މާލެ
|
11 މެއި 2019 | ހޮނިހިރު 10:56
ބަހްރީ-ޔަންބޫ ވަނީ ހުކުުރު ދުވަހު ލެ އާރވް ބަނދަރުން ނުކުމެ ސްޕެއިން އަށް މިސްރާބު ޖަހާފައި
ބަހްރީ-ޔަންބޫ ވަނީ ހުކުުރު ދުވަހު ލެ އާރވް ބަނދަރުން ނުކުމެ ސްޕެއިން އަށް މިސްރާބު ޖަހާފައި
ރޮއިޓަރސް
ޔަމަން ހަނގުރާމަ
މުޒާހަރާ ކުރުމުން ސައުދީގެ ބޯޓް ހަތިޔާރު ބަރުނުކޮށް ފްރާންސުން ފުރައިފިި
 
2017 ވަނަ އަހަރު ފްރާންސުން 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ސައުދީއަށް ވިއްކި

ސަައުދީ އަރަބިއާ އަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް މުޒާހަރާ ކުރިތާ އެއް ދުވަހަށް ފަހު ފްރާންސްގެ އުތުރުގެ ބަނދަރެއްގައި ހަތިޔާރު ބަރުކުރަން ގޮސް އޮތް ސައުދީ ކާގޯ ބޯޓެއް ހަތިޔާރު ބަރުނުކޮށް ސްޕެއިން އަށް މިސްރާބު ޖަހައިފިއެވެ.

ކްރިސްޓިއަން އެކްޝަން ފޮރ ދި އެބޯލިޝަން އޮފް ޓޯޗަރ (އޭސީއޭޓީ) ކިޔާ ޖަމާއަތަކުން ވެސް ވަނީ އެ ބޯޓަށް ހަތިޔާރު ބަރުކުރަނީ ހަތިޔާރާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއާ ޚިލާފަށް ކަމަށް ބުނެ ބުރާސްފަތި ދުވަހު ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައެވެ.

ފަރަންސޭސީ ފަނޑިޔާރަކު ވަނީ އެ ޝަކުވާ ކޯޓުން ބޭރުކޮށްލާފައެވެ. ނަމަވެސް އާގު ބޯޓް، ބަހްރީ-ޔަންބޫ ވަނީ ލެ އާރވް ބަނދަރުން އަވަހަށް ނުކުމެފައެވެ.

ބޯޓުން އެ ނިންމުން ނިންމީ ކީއްވެކަން އަދި ސާފެއް ނުވެއެވެ.

"ކާގޯ ނުލައި ބޯޓް ފުރައިފި" އޭސީޓީއޭ ތަމްސީލް ކުރާ ވަކީލް ލޯރެންސް ގްރެއިގް ރޮއިޓަރސް ނޫސް އޭޖެންސީގައި ވިދާޅުވެފައި ވެއެވެ.

އޭސީޓީއޭ އިން މައްސަލަ ކޯޓަށް ވައްދާފައި ވަނީ ސައުދީއަށް ހަތިޔާރު ވިއްކާކަން އެނގެން އޮންނަ ފްރާންސް އިންޓެލިޖެންސްގެ ލިޔުންތަކެއް އޮންލަ އިން އިންވެސްޓިގޭޓިވް ސައިޓެއްގައި ޝާއިއުކުރިތާ ހަފްތާއެއް ފަހުންނެވެ.

އެލިޔެކިޔުން ބުނާ ގޮތުން ޓޭންކައި ލޭޒަރ-ގައިޑް މިސައިލް ސިސްޓަމް ބޭނުން ކޮށްފައި ވަނީ ޔަމަން ހަނގުރާމައިގައި އާއްމުންނާ ދެކޮޅަށެވެ.

ޔަމަނުގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރުގެ ދިފާއުގައި ސައުދީ އިސްވެ އަސްކަރީ ކޯލިޝަނެއް ހަދައި ހޫޘީންނާ ދެކޮޅަށް އެގައުމުގައި ހަނގުރާމަ ފެށީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ.

އެ ހަނގުރާމައިގައި ޔަމަން ސުންނާފަތިވެފައިވާއިރު އާއްމުންގެ އެތައް ހާސް މީހުންނެއް ވަނީ މަރުވެފައެވެ.

ފްރާންސަކީ ސައުދީ އަރަބިއާ އަށް ހަތިޔާރު ފޯރުކޮށްދޭ މައި އެއްގައުމު ކަމަށްވާ އިރު 2017 ވަނަ އަހަރު ވެސް އެ ގައުމުން ވަނީ ސައުދީ އަށް 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކާފައެވެ.

ސައުދީއަށް ހަތިޔާރު ވިއްކުން ދިފާއުކުރައްވައި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ގުޅިގެން އުފައްދާފައިވާ އިއްތިހާދު އޮތީ ޓެެރެރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި ކަމަށާއި އެ ހަތިޔާރު އާއްމުންނާ ދެކޮޅަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް