ކ. މާލެ
|
11 މެއި 2019 | ހޮނިހިރު 00:13
ހިފަހަރުގެ ހިލަމާ ޕްރޮގްރާމްގެ ތެރެއިން
ހިފަހަރުގެ ހިލަމާ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ރޯދަ 1440
ރާއްޖެ ޓީވީގެ ހީލަމާ ޕްރޮގްރާމް ހުށަހަޅައި ދެއްވަނީ މިނިސްޓަރު މަހުލޫފް
މިއީ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 4:30ގައި ގެނެސްދޭ ޕްރޮގްރާމެއް

ރާއްޖޭގެ ޓީވީގެ ރަމަޟާން މަހުގެ ޚާއްސަ ޕްރޮގްރާމް ''ހީލަމާ'' ޕްރޮގްރާމް މި ފަހަރު ހުށަހަޅުއްވައި ދެއްވަނީ ޔޫތު އެންޑް ސްޕޯޓްސް އެންޕަވަމަންޓް މިނިސްޓަރު އަޙްމަދު މަހުލޫފެވެ.

ހުކުރު ދުވަހު ހަވީރު 4:30 ގައި ފަށާ މިޕްރޮގްރާމް ކުރިއަށް ގެންދާތާ ހަތަރު އަހަރުވެއްޖެ އެވެ. ފުރަތަމަ ވެސް މި ޕްރޮގްރާމް ގެންނަން ފެށީ މަހްލޫފްއާއެކު އެވެ. ނަމަވެސް 2017 އަހަރު މަހްލޫފު ޖަލަށް ލާފައި ހުންނެވުމުގެ ސަބަބުން ރަމަޟާން މަހުގެ ހުރިހާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައި ނުގެންނެވުނެވެ. ނިމިގެން ދިޔަ އަހަރު ރޯދަ މަހު މަހްލޫފު ގޭ ބަންދުކޮށްފައި ހުރުމުން، ޕްރޮގްރާމް ހުށަހަޅުއްވައި ދެއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. 

ހީލަމާ ޕްރޮގްރާމްއާ ބެހޭ ގޮތުން މިނިސްޓްރު މަހުލޫފު ވިދާޅުވީ ޕްރޮގްރާމް ކުރިއަށްދާ ގޮތާ މެދު ވަރަށް ހިތް ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ހުކުރު ދުވަހެއްގައި ކުޑަކުދިންތަކަކާއެކު ހޭދަކޮށްލަން ލިބިވަޑައިގަންނަވާ ވަގުތަކީ ވަރަށް އަގުހުރި އުފާވެރި ވަގުތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިޕްރޮގްރާމްއާ ބެހޭ ގޮތުން އާންމުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓް ލިބޭ ކަމަށާއި، އެމީހުންގެ ކުދިން ބައިވެރިކުރުވަން އެދޭ ކަމަށެވެ. 

''އެންމެ ފުރަތަމަ މިޕްރޮގްރާފް ފެށިއިރުގައި ވެސް އަޅުގަނޑު ބައިވެރިވިން. އޭގެފަހުން ދިމާވި ބައެއް ކަންކަމާ އަޅުގަނޑު ބައިވެރިނުވެވި ދިޔައީ. މަޖުބޫރީ ގޮތުން ނާދެވޭ ހިސާބުގައި ބަންދެއްގައި ހުރީ. މިއަހަރު މިޕްރޮގްރާމް ކުރިއަށް ގެންދެވޭތީ ވަރަށް ރަނގަޅު. ހަވީރު ގަޑީގަ ކުޑަކުދިންނާއެކު މަޖާ ޕްރޮގްރާމެއް  ކުރިއަށް ގެންދަން ލިބޭތީ އަޅުގަނޑު ހަމަ ވަރަށް އުފާވޭ'' މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޕްރޮގްރާމް ގޭބަންދުގައި ހުންނަވައިގެން ވެސް ބެއްލެވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

- ކޮމެންޓް