ކ. މާލެ
|
10 މެއި 2019 | ހުކުރު 13:22
އިންޑޮނޭޝިއާގެ ރައްޔިތުން ވޯޓު ލުމަށް ކިޔޫގައި
އިންޑޮނޭޝިއާގެ ރައްޔިތުން ވޯޓު ލުމަށް ކިޔޫގައި
ރޮއިޓަރސް
އިންޑޮނޭޝިއާ
އިންޑޮނޭޝިއާގެ އިންތިޚާބުގެ ތެރޭގައި މަރުވި މީހުންގެ މައްސަލަ ބެލުމަށް ގޮވާލައިފި
 
އިލެކްޝަން ތެރޭގައި ވަނީ 500 އަށް ވުރެ ގިނަ އިލެކްޝަންގެ މުއައްޒަފުން މަރުވެފައި

އެޕްރީލް މަހުގެ 17 ގައި އިންޑޮނޭޝިއާގައި ބޭއްވި އިންތިޚާބުގެ ތެރޭގައި މަރުވި އިލެކްޝަންގެ މުއައްޒަފުންގެ މައްސަލަ ބެލުމަށް އެގައުމުގެ ޕާލަމެންޓްގެ ނާއިބް ރައީސް ގޮވާލައްވައިފިއެވެ.

އިލެކްޝަން ތެރޭގައި ވަނީ 500 އަށް ވުރެ ގިނަ އިލެކްޝަންގެ މުއައްޒަފުން މަރުވެފައެވެ. އަދި އިންތިޚާބުގެ ތެރޭގައި ހަރަކާތްތެރިވި 22 ފުލުހުން ވަނީ މަރުވެފައެވެ.

އެހާ ގިނަ އަދަދެއްގެ މުއައްޒަފުން މަރުވީ އިންތިހާބު ތެރޭ މާބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ވަރުބަލިކަމާ ގުޅުން ހުރި ބަލިތަކުގައި ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އިންތިހާބުގެ ކަންތައްތަކުގައި އުޅެނިކޮށް މަރުވި މީހުންގެ އާއިލާތަކަށް އެގައުގެ ސަރުކާރުން ވަނީ ބަދަލު ދޭން ނިންމާފައެވެ. އެގޮތުން މަރުގެ އަދަބުގެ ގޮތުގައި މަރުވި މީހުންގެ އާއިލާއަށް 2500 ޑޮލަރު ދޭން ވަނީ ނިންމާފައެވެ.

އިންޑޮނޭޝިޔާ ޕާލަމެންޓްގެ ނާއިބް ރައީސް ފަހްރީ ހަމްޒާ ވިދާޅުވީ 500 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލާގައި ތަހުގީގު ޓީމެއް އެކުލަވާލައި އެމައްސަލަ ތަހުގީގު ކުރުމަށް ގޮވާލައްވާކަމަށެވެ. އަދި އެއީ ދުނިޔޭގެ ތާރީޚުގައި ވެސް އިންތިޚާބެއްގައި ހިނގާ ދިޔަ ކަހަލަ ކަމެއް ނޫން ކަމަށާއި އެމައްސަލަ ބެލުމަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގައުމުގެ އިލެކްޝަންސް ކަމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބުގެ ތެރޭގައި 4،310 އޮފިޝަލުން ވަނީ މަސައްކަތް ނުކުރެވޭވަރަށް ބަލިވެފައެވެ.

އިންޑޮނޭޝިއާގައި ޚަރަދު ކުޑަކުރުމުގެ ގޮތުން އެޕްރީލް މަހުގެ 17 ގައި ބާއްވާފައި ވަނީ އެގައުމުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮންނެވެ. މިއީ ދެ އިންތިހާބު އެއް ފަހަރާ ބޭއްވި ފުރަތަމަ ފަހަރެވެ. 

އިންޑޮނޭޝިއާގައި 193 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ވޯޓު ލުމަށް އަށްލައްކަ ސްޓޭޝަން ގާއިމްކުރިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް