Advertisement
ކ. މާލެ
|
9 މެއި 2019 | ބުރާސްފަތި 16:39
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ސަން
ޝާހިދު ރުމޭނިއާއަށް ކުރައްވާ ދަތުރުފުޅު
ހާރިޖީ ވަޒީރު ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރޫމޭނިއާއަށް ފުރާވަޑައިގެންފި
ހާރިޖީ ވަޒީރު ރުމޭނިއާއަށް ދަތުރުކުރައްވަނީ އެގައުމުގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ރޫމޭނިއާއަށް ފުރާވަޑައިގެންފިއެވެ.

ހާރިޖީ ވަޒީރު ޝާހިދުގެ ދަތުރުފުޅަކީ ރުމޭނިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިއޮޑޯ މެލެސްކާނޯގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރުމޭނިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ ވިޔަފާރިއާއި ޓޫރިޒަމާއި އެހެނިހެން އިޖްތިމާއީ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށެވެ.

މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުގައި ރުމޭނީއާގެ ޚާރިޖީ ވަޒީރު މެލެސްކާނޯއާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން  މަޝްވަރާ ކުރައްވާނެއެވެ. އަދި ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ރުމޭނިއާ ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުންނާއިއެކު އެޤައުމުގެ ވެރިރަށް ބުކަރެސްޓްގައި ބައްދަލުކުރައްވައި، ދެޤައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން އެބޭފުޅުންނާއިއެކު މިނިސްޓަރ ޝާހިދު މަޝްވަރާ ކުރައްވާނެއެވެ. ރުމޭނިއާއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެސިސްޓަންޓް ޑިރެކްޓަރ ފާތުމަތު ރަޒާނާ ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓަރ ޝާހިދު ރުމޭނިއާއަށް ފުރާވަޑައިގެންނެވީ، ލަންކާއަށް ކުރެއްވި ކުރު ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު، ދިވެހިރާއްޖެއަށް ވަޑައިގެންނެވިތަނާއެވެ. ޝާހިދުގެ ދަތުުރުފުޅުގައި ލަންކާގެ ބޮޑުވަޒީރު، ގާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލު ކުރައްވާފައިވެއެވެ. މިނިސްޓަރ ޝާހިދުގެ ދަތުރުފުޅަށް ފަހު ލަންކާއާ އެކުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް