ރަމަޟާން މަހާ ގުޅުވައިގެން އަމާނާ ތަކާފުލް މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ މޯޓަރ ތަރޑް ޕާޓީ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ އަމާނާ ތަކާފުލްގެ އޮފީހުން ތަރޑް ޕާޓީ މޯޓަރ އިންޝުއަރަންސް އަލަށް ގަންނަ ކަސްޓަމަރުންނަށާއި އަދި ތަރޑް ޕާޓީ މޯޓަރ އިންޝުއަރަންސް އަމާނާ ތަކާފުލްގެ އޮފީހުން ރިނިއު ކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އަމާނާ ތަކާފުލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މޯޓަރ ތަރޑް ޕާޓީ އިންޝުއަރަންސް އަލަށް ހައްދާ ކަސްޓަމަރުންނަށާއި އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ތަރޑް ޕާޓީ އިންޝުއަރަންސް ރިނިއު ކުރާ ކަސްޓަމަރުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ތަރޑް ޕާޓީ އިންޝުއަރަންސް ނަގާ ކޮންމެ ވިހި ވަނަ ކަސްޓަމަރަކަށް މުޅިން ހިލޭ އެކްސިޑެންޓް އިންޝުއަރަންސް ކަވަރއެއް ލިބިގެންދާނެއެވެ. މި ކަވަރގެ ދަށުން އެކްސިޑެންޓެއްގެ ސަބަބުން ސައިކަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ދެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ރަމަޟާން މަހުގެ ނިޔަލަށެވެ.