Advertisement
ކ. މާލެ
|
9 މެއި 2019 | ބުރާސްފަތި 13:33
އާތިފާގެ ކާރުކޮޅު އެކްސިޑެންޓް ވެފައި
އާތިފާގެ ކާރުކޮޅު އެކްސިޑެންޓް ވެފައި
ޕޮލިސް
އެކްސިޑެންޓް
ހައުސިން މިނިސްޓަރ އާތިފާގެ ކާރުކޮޅު އެކްސިޑެންޓް ވެއްޖެ
އެކްސިޑެންޓް ހިނގީ މިނިސްޓަރ ރައީސް އޮފީހުގައި އޮތް ބައްދަލު ވުމަކަށް ވަޑައިގަތް މަގުމަތީގައި

ހައުސިން މިނިސްޓަރ އާތިފާ ޝަކޫރުގެ ރަސްމީ ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ. 

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑު ތަކުރުފާނު މަގުން އިސްކަންދަރު މައިޒާން ކުރިމަތިން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް ސައިކަލް  ލޭނުން ދުއްވާފައި ދިޔަ މީހާ ކުއްލިއަކަށް ކާރު ލޭނަށް އެރުމުން ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިނނީ 24 އަހަރުގެ އަންނެހެއް ކަމަށާއި އެ އަންހެން މީހާގެ އަތުގައި އޮތީ މުއްދަތު ހަމަވެފައިވާ ލައިސެންސެއް ކަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓްގައި މިނިސްޓަރ އާތިފާ އިންނެވި ކާރު ކޮޅުގެ ކުރީ ބަފަރުގެ ވާތު ފަރާތު ކަން ބަނޑިވެފައި ވާކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ މިނިސްޓަރ އާތިފާ ރައީސް އޮފީހުގައި އޮތް ބައްދަލު ވުމަކަށް ވަޑައިގަތް މަގުމަތީގައެވެ. އެކްސިޑެންޓް ވުމުން އެ ހިސާބުން އެކަމަނާ ރައީސް އޮފީހަށް ވަޑައިގެންފައި ވަނީ ހިންގަވާފައި ކަމަށް ވެއެވެ. 

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ފުލުހުން ބުނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް