Advertisement
ކ. މާލެ
|
9 މެއި 2019 | ބުރާސްފަތި 11:16
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޓްވިޓަރ
އިސްލާމިކް މިނިސްޓްރީ
މިރޭގެ އިހްޔާ ފޯރަމްގައި ރައީސް މައުމޫން
އިހްޔާ ފޯރަމް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 9:30 ގައި

އިސްލާމިކް މިނިސްޓްރީން ބާއްވާ އިހްޔާ ފޯރަމްގައި ބުރާސްފަތި ދުވަހު ދަރުސް ދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. 

އެމިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ބާއްވާ އިހްޔާ ފޯރަމް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 9:30 ގައި ކަމަށެވެ. އަދި އެ ފޯރަމްގައި ވާހަކަ ދައްކަވާނީ ރައީސް މައުމޫން ކަމަށެވެ. 

ރަމަޟާން މަހުގެ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުގެރެ އާއި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އިހްޔާ ފޯރަމް ބާއްވަނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. 

ބުރާސްފަތި ދުވަހުގެރޭ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމުގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާނެކަން ހާމަކޮށްފައިވާއިރު އެމަނިކުފާނުގެ ފައުންޑޭޝަނުން ވެސް އިހްޔާ ފޯރަމް ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ. 

މައުމޫން ފައުންޑޭޝަނުން ކުރިއަށްގެންދާ އިޙްޔާ ޕްރޮގްރާމްތައް މިއަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަން ހާމަކޮށް، އެ ފައުންޑޭޝަނުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިޙްޔާ ޕްރޮގްރާމްތަކުގެ ތެރެއިން ބާއްވާ ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެރޭ ކަމަށެވެ. އެގޮތުން މެއި 14، 21 އަދި 28 ވަނަ ދުވަހު އިޙްޔާ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށާއި، އެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށް  އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ. އެތިން ރޭ ވެސް ވާހަކަ ދައްކަވާނީ ރައީސް މައުމޫން ކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ. 

ކޮންމެ އަހަރަކު ރައީސް މައުމޫން ކުރިއަށްގެންދަވާ އިޙްޔާ ޕްރޮގްރާމްތައް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެއީ އޭރު އެމަނކުފާނު ހުންނެވީ ޖަލުގައި ކަމަށް ވާތީއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް