Advertisement
ކ. މާލެ
|
8 މެއި 2019 | ބުދަ 14:00
އިބްރާހިމް ފަޒީލް
އިބްރާހިމް ފަޒީލް
ސޯޝަލް މީޑިއާ
އިބްރާހިމް ފަޒީލް
ފަޒީލްގެ ބަންދަށް 10 ދުވަސް ޖަހައިފި
ބަންދަށް 10 ދުވަސްޖެހީ މީހަކު ރަހީނު ކުރިކަމުގެ ތުހުމަތުގައި

މީހަކު ރަހީނު ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ބަންދަށް 10 ދުުވަސް ޖަހައިފި އެވެ. 

މިމަހުގެ 02 ވަނަ ދުވަހުގެރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށް ބިރުދައްކާ، އޭނާގެ އަތުން 8900ރ. ފޭރުމަށް ފަހު އިތުރު ފައިސާ ހޯދުމަށް އެދެމުން ދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފައިވެއެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ 22:45 ހާއިރު ދެ މީހަކު ފައިސާ ނެގުމަށް ލ. ގަން ޕްރޮވިންސް އޮފީސް ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. އެ ތަނުން އެކަކު އެރޭ ހައްޔަރު ކުރި އިރު ދެ ވަނަ މީހާ ވަނީ ސައިކަލެއްގައި ފިލާފައެވެ. ފަހުން ވަނީ އެ މީހާ ވެސް ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ފަޒީލް ހައްޔަރުކުރީ މި މަހުގެ 6 ވަނަ ދުވަހު ފިލައިގެން އުޅެނިކޮށް ކަމަށާއި، މިއީ މި މައްސަލާގައި ހައްޔަރު ކުރި ތިން ވަނަ މީހާ ކަމަށެވެ.

އޭގެތެރެއިން ފަޒީލްގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާދީފައިވަނީ 10 ދުވަހެވެ. އަދި އެކެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު ދެން ހުރި މީހާ ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައެވެ އެވެ. 

ފަޒީލަކީ މީގެކުރިން އެކިއެކި ތުހުމަތުގައި ހައްޔަރުކުރި ފަރާތެކެވެ. އޭގެއިތުރުން ފަޒީލަކީ ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް، ގެއްލުނު އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުކުރި ފަރާތެކެވެ.

ފަޒީލާ އެކު ކަނޑުމަގުން ޑިންގީއެއްގައި ދަތުރުކުރި ޝިމާ ގެއްލުނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. އެ ހާދިސާ ހިނގާ ދިޔަ ގޮތުން ގިނަ ބަޔަކު ފަޒީލަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ފުލުހުން ހިންގި ތަހުގީގުން މާބޮޑު ކުރިއެރުމެއް ނުލިބި އޭނާ މިނިވަން ކުރިއެވެ.

މީގެ އިތުރުން ޝިމާގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިން ވެސް ފަޒީލް ހައްޔަރުކުރިއެވެ. ނަމަވެސް އެ މައްސަލައާ ޝިމާ ގެއްލުނު މައްސަލާ ގުޅުމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފަހަރު ވެސް ފުލުހުން ވަނީ ފަޒީލް ދޫކޮށްލާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް