Advertisement
ކ. މާލެ
|
8 މެއި 2019 | ބުދަ 11:52
މޫކައި ސުއިޓްސް
މޫކައި ސުއިޓްސް
ރާއްޖެއެމްވީ
މޫކައި ސޫޓްސް
އަލިފާނުގެ ހާދިސާއާއި ގުޅިގެން މޫކައި ސުއިޓްސްގައި ހުރި އޮފީސްތައް ބަންދު
އަލިފާން ރޯވެފައިވަނީ ފުރަތަމަ ފަންގިފިލާގައި ހުރި ކޭބަލްތަކެއްގައި

ޝްވެކް ސިނަމާ ކައިރީގައި ހުންނަ މޫކައި ސުއިޓްސްގައި އަންގާރަ ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއިމާރާތުގައި ހުރި އޮފީސްތައް ބަންދު ކޮށްފިއެވެ. 

10 ބުރިއަށް ހަދާފައި ހުންނަ މޫކައި ސުއިޓްސް ގައި ހިންގަމުންދާ އޮފީސްތަކުގެ ތެރޭގައި ހައްޖު ކޯޕަރޭޝަންއާއި އެންސްޕާ ހިމެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއޮފީސްތައް ބުދަ ދުވަހު ވަނީ ބަންދުކޮށްފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އިމާރާތުން ދުން އަރާތީ އެ ހޮޓެލްގައި ތިބި ހުރިހާ މީހުން ވަނީ އަންގާރަ ދުވަހުގެ ރޭ ހުސްކޮށްފައެވެ. 

އެމްއެންޑީއެފުން ބުނީ  އަލިފާން ރޯވެފައިވަނީ ފުރަތަމަ ފަންގިފިލާގައި ހުރި ކޭބަލްތަކެއްގައި ކަމަށެވެ.

ހާދިސާ ހިނގިތާ ގާތްގަނޑަކަށް އެއްގަޑިއިރުފަހުން ދުން އެރުން ވަނީ ހުއްޓިފައެވެ. ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް