Advertisement
ކ. މާލެ
|
8 މެއި 2019 | ބުދަ 10:59
މީހަކު ސިއްހީ ފަރުވާ ހޯދަނީ
މީހަކު ސިއްހީ ފަރުވާ ހޯދަނީ
މުހައްމަދު ޝަރުހާން
އެޗްޕީއޭ
ޑެންގީ އާއި ޗިކުންގުންޔާ ޖެހޭ މިންވަރު އިތުރުވެއްޖެ
އޭޕްރީލް މަހުގައި ޑެންގީގެ 506 ކޭސްއެއް ރިޕޯޓްކޮށްފައިވޭ
އެއީ މީގެކުރީގެ އަހަރުތަކާއި އަޅާބަލާއިރު، ދެ ގުނަ އިތުރު މިންވަރެއް
ޗިކުންގުންޔާ ޖެހިގެން މި އަހަރު މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 839 ކޭސްއެއް

ޑެންގީ އާއި ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެއްޖެެ އެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އާންމު ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލް މަހުގައި ޑެންގީގެ 506 ކޭސްއެއް ރިޕޯޓް ކޮށްފައިވެއެވެ. އެއީ މީގެކުރީގެ އަހަރުތަކާއި އަޅާބަލާއިރު، ދެ ގުނަ އިތުރު މިންވަރެކެވެ. މި އަހަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖަނަވަރީ މަހުގަ އެވެ. އެ މަހުގައި 518 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

އެޗްޕީއޭއިން ބުނީ، މި އަހަރުގެ މިހާތަނަށް ޑެންގީގެ 1930 ކޭސްއެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ މީގެކުރީގެ އަހަރަތަކާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށާއި، ޑެންގީ ޖެހިގެން ރިޕޯޓް ކުރާ ކޭސްތައް އަދިވެސް ގިނަވަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. 

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ޗިކުންގުންޔާ ޖެހިގެން މި އަހަރު މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ 839 ކޭސްއެެކެވެ. އަދި ނިމުނު އޭޕްރީލް މަހުގަ އެކަނި ވެސް ޗިކަންގުންޔާ ޖެހިގެން 307 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. 

ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައި ވަނީ މާލެ އިންނެވެ. 

ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ. އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ، އަދި ޑެންގީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ. 

ޑެންގީގެ ބައެއް އަލާމަތްތައް:

  • ކުޑަކަމުދެވޭ މިންވަރު މަދުވުން
  • އާދަޔާ ހިލާފަށްވަރު ދެރަވުން
  • ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން

ގޭގައި ދެވިދާނެ ބައެއް ފަރުވާތައް:

  • އަރާމުކުރުން (މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވެ، ބަލި ފެތުރުންވެސް ރައްކާތެރިކޮށްދޭ)
  • ގިނަ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން (ކުރުނބާ ފެން، ލޮނު ޕެކެޓް، ތާޒާ މޭވާގެ ޒޫސް، ސޫޕް ފަދަ ތަކެތި) (ގިނައިން ދިޔާ ތަކެތި ދިނުމުގެ ބޭނުމަކީ، ލޭގެ ޕްރެޝަރު ރަނގަޅަށް ހިފެހެއްޓުން)
  • ފެރެސެޓެމޯލް ނޫން ބޭހެއް ބޭނުން ނުކުރުން (ހުން މަޑުކުރުމާއި، ގައިގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުމަށް)
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް