Advertisement
ކ. މާލެ
|
8 މެއި 2019 | ބުދަ 08:51
ފިނޭންސް މިނިސްޓްރީ ކައިރީ ހެދި ޕާކިން ޒޯން
ފިނޭންސް މިނިސްޓްރީ ކައިރީ ހެދި ޕާކިން ޒޯން
ޓްވިޓަރ
މާލެ ސިޓީ ކައުންސިލް
ފިނޭންސް މިނިސްޓްރީ ކައިރީގައި ހެދި ޕާކިން ޒޯންް ހުޅުވާލައިފި
އެތަނުގައި ގާތްގަނޑަކަށް 350 އެއްހާ އުޅަނދު ޕާކް ކުރެވޭނެ

ފިނޭންސް މިނިސްޓްރީ ކައިރީ އޮންނަ ހުސްބިމުގައި ޕާކިން ޒޯނެއް ހަދައި, އެތަން އާންމުންނަށް ހުޅުވާލައިފި އެވެ. 

މާލެ ސިޓީ ކައުންސިލުން ބުނީ ފިނޭންސް މިނިސްޓްރީ ކައިރީ އޮންނަ ހުސްބިމުގައި ހެދި ޕާކިން ޒޯން ހުޅުވާލި ނަމަވެސް އެ ތަނުގައި އަދި ޕާކްކުރެވޭނީ ދެ ފުރޮޅުލީ އުޅަނދަށްކަމަށެވެ. އެތަނުގައި ގާތްގަނޑަކަށް 350 އެއްހާ ސައިކަލް ޕާކް ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. 

 
ފިނޭންސް މިނިސްޓްރީ ކައިރީ ހެދި ޕާކިން ޒޯން -- ފޮޓޯ: ރާއްޖެ.އެމްވީ

ޕާކިން ޒޯން ހުޅުވާލުމާއެކު، ސިޓީ ކައުންސިލުން ވަނީ އަމީނީ މަގުގެ ބައެއް ހިސާބުގައި ޕާކް ކުރުން މަނާ ވެސް ކޮށްފައެވެ. އެއީ އަމީނީ މަގުގެ ފެން ބިލްޑިންގުގެ އިރުމަތީ ކަންމަތިން ފެށިގެން، ގިޔާސުއްދީން ސްކޫލާއި ހަމައަށް އަމީނީ މަގުގައި ޕާކް ކުރުން ވަނީ މަނާކޮށްފައެވެ. އަދި އަމީނީމަގުގެ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. 

ސިޓީ ކައުންސިލުން ނިންމާފައިވަނީ ދެ ފުރޮޅީ އުޅަނދުތަކަށް ޕާކިން ޒޯންގައި ހިލޭ ޕާކްކުރެވޭގޮތަށެވެ. ނަމަވެސް ހަތަރު ފުރޮޅީ އުޅަނދަށް އެ ސަރަހައްދުގައި ޕާކިންނަށް ހުޅުވާލާއިރު، ސިޓީ ކައުންސިލުން ނިންމާފައިވަނީ އެކަމަށް ފީ އެއް ނެގުމަށެވެ. ނަމަވެސް ނަގާނީ ކޮން އަދަދެއްގެ ފީއެއްކަމެއް ކައުންސިލުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ގިނަވެ، އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް