Advertisement
ކ. މާލެ
|
8 މެއި 2019 | ބުދަ 00:22
މޫކައި ސުއިޓްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަރަކާތްތެރިވަނީ
މޫކައި ސުއިޓްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
މޫކައި ސުއިޓްސްގައި އަލިފާން ރޯވީ ކޭބަލް ތަކެއްގައި
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ

މޫކައި ސުއިޓްސްގައި އަންގާރަ ދުވަހުގެ ރޭ އަލިފާން ރޯވެފައިވަނީ ފުރަތަމަ ފަންގިފިލާގައި ހުރި ކޭބަލްތަކެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:34 ހާއިރު ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެ އިމާރާތުގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ އަންގާރަ ދުވަހުގެ ރޭ 09:58 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިހާދިސާގައި އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ އިމާރާތަށާއި ކޭބަލްތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް