Advertisement
ކ. މާލެ
|
7 މެއި 2019 | އަންގާރަ 22:27
ޝިމާގެ މައްސަލާގައި ވެސް ތުހުމަތު ކުރެވޭ ފަޒީލް
ޝިމާގެ މައްސަލާގައި ވެސް ތުހުމަތު ކުރެވޭ ފަޒީލް
ސޯޝަލް މީޑިއާ
ހައްޔަރުކުރުން
މީހަކު ރަހީނުކުރި މައްސަލާގައި ފަޒީލް ހައްޔަރުކޮށްފި
ފަޒީލް ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ހުޅުމާލެއިން
ރަހީނު ކުރީ 44 އަހަރުގެ ފިރިހެނެއް

ލ. ގަމުގައި މީހަކު ރަހީނުކުރި މައްސަލައެއްގައި، މީގެ ކުރިން ކައްދޫއިން މާމެންދޫއަށް ދަތުރު ކުރަނިކޮށް ގެއްލުނު އައިމިނަތު ޝިމާގެ މައްސާލަގައި ތުހުމަތުކުރެވޭ ފަޒީލް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފަޒީލް ހައްޔަރުކުރީ މި މަހުގެ 6 ވަނަ ދުވަހު ފިލައިގެން އުޅެނިކޮށް ކަމަށާއި، މިއީ މި މައްސަލާގައި ހައްޔަރުކުރި ތިން ވަނަ މީހާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މަހުގެ 02 ވަނަ ދުވަހުގެ ރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުންކޮށް ބިރުދައްކާ، އޭނާގެ އަތުން 8900ރ. ފޭރުމަށް ފަހު އިތުރު ފައިސާ ހޯދުމަށް އެދެމުން ދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ 22:45 ހާއިރު ދެ މީހަކު ފައިސާ ނެގުމަށް ލ. ގަން ޕްރޮވިންސް އޮފީސް ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. އެ ތަނުން އެކަކު އެރޭ ހައްޔަރުކުރި އިރު ދެ ވަނަ މީހާ ވަނީ ސައިޖަލެއްގައި ފިލާފައެވެ. ފަހުން ވަނީ އެ މީހާ ވެސް ހައްޔަރުކޮށްފައެވެ.  

ފަޒީލާ އެކު ކަނޑުމަގުން ޑިންގީއެއްގައި ދަތުރުކުރި ޝިމާ ގެއްލުނީ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. އެ ހާދިސާ ހިނގާ ދިޔަ ގޮތުން ގިނަ ބަޔަކު ފަޒީލަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ފުލުހުން ހިންގި ތަހުގީގުން މާބޮޑު ކުރިއެރުމެއް ނުލިބި އޭނާ މިނިވަން ކުރިއެވެ.

މީގެ އިތުރުން ޝިމާގެ 16 އަހަރުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިން ވެސް ފަޒީލް ހައްޔަރުކުރިއެވެ. ނަމަވެސް އެ މައްސަލައާ ޝިމާ ގެއްލުނު މައްސަލާ ގުޅުމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފަހަރު ވެސް ފުލުހުން ވަނީ ފަޒީލް ދޫކޮށްލާފައެވެ. 

ފަޒީލަކީ ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީ ހިންގުން ފަދަ ކުށްތައް ކުރުމުގެ ރިކޯޑް އޮންނަ މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 މެއި 2019 | ބުދަ 18:21
ކަރުކެހި
ދެން ކީއްވެގެންތޯ މިވަރުގެ ބޮޑުތުހުމަތްތައް އޮތްމީހަކު މުޖުތަމަޔައް ދޫކޮއްލަންވީ އިތުރައް އޭނަޔައް ލިބުނުހިއްވަރެއްގެ ބޮޑުކަމުން އިތުރައްކުއް ތަކުރާރުކުރަމުން އެގެންދަނީ 25 އަހަރައް ޖަލައް ފޮނުވާލުން އެދެން