ކ. މާލެ
|
7 މެއި 2019 | އަންގާރަ 21:16
ހުއާން މަޓާ
ހުއާން މަޓާ
ގެޓީ އިމޭޖަސް
ހުއާން މަޓާ
މަޓާ ބޭނުންވަނީ ބާސާއަށް ބަދަލުވާން
މަޓާގެ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހުއާން މަޓާ ބޭނުން ވަނީ ބާސެލޯނާއަށް ބަދަލުވާން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ބުނާ ގޮތުން މި ސީޒަނަށްފަހު މަޓާ ބޭނުން ވަނީ ޔުނައިޓެޑު ދޫކޮށް، ބާސެލޯނާ އަށް ބަދަލުވާށެވެ. އަދި އެކަމަށް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި ސީޒަނަށް ފަހު މަޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އެޓީމުގެ ކޯޗު ސޯލްޝެއާ އުންމީދުކުރަނީ މަޓާ ކްލަބުގައި މަޑުކުރުމަށެވެ.

ސޯލްޝެއާ ބުނީ، މަޓާއާ ވާހަކަދެކެވިފައިވާ ކަމަށާއި، އޭނާ ކްލަބަށް މުހިންމުވާ ވަރު ކިޔައިދީފައިވާނެ ކަމަށެވެ. އަދި ކްލަބުގައި މަޑުކުރުމާ މެދު ގޮތެއް ނިންމާނީ ވެސް މަޓާ ކަމަށް ސޯލްޝެއާ ވަނީ ބުނެފައެވެ.

އުމުރުން 30 އަހަރުގެ މަޓާ ހޯދުމަށް ބައެއް ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތައް ވެސް ހިމެނެއެވެ.

ރެއާލް މެޑްރިޑްގެ ޒުވާން ޓީމުން 2006 ވަނަ އަހަރު ކެރިއަރު ފެށި މަޓާ ވަނީ ވެލެންސިއާ އަދި ޗެލްސީ އަށް ވެސް ކުޅެފައެވެ.

މަޓާ ވަނީ ވެލެންސިއާ އަށް ކުޅުނު 174 މެޗުގައި 46 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ވެލެންސިއާއާ އެކު ކޮޕާޑެލްރޭ ވެސް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ޗެލްސީއަށް ކުޅުނު 135 މެޗުގައި 33 ލަނޑު ކާމިޔާބު ކޮށްފައިވާ މަޓާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް މަޓާ ޔުނައިޓެޑަށް ބަދަލުވީ 2013 ވަނަ އަހަރެވެ. މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 218 މެޗުގައި 45 ލަނޑު ކާމިޔާބުކޮށްފައިވާ މަޓާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގު ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް 41 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ މަޓާ ވަނީ ސްޕެއިންގެ 19 އަދި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް