ކ. މާލެ
|
7 މެއި 2019 | އަންގާރަ 21:18
ޑިއެގޯ ގޯޑިން
ޑިއެގޯ ގޯޑިން
ގެޓީ އިމޭޖަސް
ޑިއެގޯ ގޮޑިން
އެޓްލެޓިކޯ ދޫކޮށްލާކަން ގޯޑިން ކަށަވަރުކޮށްދީފި
ގޯޑިން ބަދަލުވުން އެންމެ ގާތީ އިންޓަ މިލާނަށް

އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލާކަން އެ ކްލަބަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރ ޑިއެގޯ ގޯޑިން ކަށަވަރުކޮށްދީފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ގޯޑިން ބުނީ، މި ސީޒަނަށް ފަހު އެޓްލެޓިކޯއިން އޭނާ ނުފެންނާނެ ކަމަށާއި، ކްލަބުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރެވިފައިވާ ކަމަށެވެ.

ގޯޑިން ބުނީ، މީގެ އަހަރެއް ކުރިން މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާއަށް ހުށަހެޅުމެއް ލިބުނު ކަމަށާއި، އެފަހަރު ކްލަބުގައި މަޑުކުރަން ނިންމި ނަމަވެސް، މިފަހަރު ކްލަބް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެޓްލެޓިކޯ ދޫކޮށްލުމަށް ފަހު، ގޯޑިން ބަދަލުވާނީ އިންޓަ މިލާނަށެވެ. އަދި އެކަމަށް މިހާރު އެންމެ ފަހުގެ ކަންކަން ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 33 އަހަރުގެ ގޯޑިން ހޯދުމަށް އިންޓަގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި، އޭސީ މިލާން އަދި ޔުވަންޓަސްއިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ވިޔަރެއާލް އަށް ވެސް ކުޅެފައިވާ ގޯޑިން އެޓްލެޓިކޯއަށް ބަދަލުވީ 2010 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 380 މެޗުގައި 26 ލަނޑު ކާމިޔާބުކޮށްފައެވެ.

ގޯޑިން ވަނީ އެޓްލެޓިކޯއާ އެކު ލަލީގާ، ކޮޕާޑެލްރޭ، ޔުއެފާ ޔޫރޮޕާ ލީގު ދެފަހަރު، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ސުޕަކަޕް ތިންފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ދެ ފަހަރު ހޯދާފައެވެ.

އުރުގުއޭގެ ގައުމީ ޓީމަށް ކުޅުނު 126 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ ގޯޑިން ވަނީ އެޓީމާ އެކު 2011 ވަނަ އަހަރު އޮތް ކޮޕަ އެމެރިކާ ވެސް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް