ކ. މާލެ
|
7 މެއި 2019 | އަންގާރަ 21:23
އަލީ ރިފާއު (ކ)
އަލީ ރިފާއު (ކ)
ހާފް ކޯޓް މޯލްޑިވްސް
އަލީ ރިފާއު
ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ މެމްބަރުކަން ރިފާއުއަށް!
 
ރިފާއުއަކީ ރާއްޖޭގެ ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ މެންބަރެއް

ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ އެކްސެކެޓިވް މެމްބަރުކަން ރާއްޖޭގެ ބޮޑީ ބިލްޑިންގް އެސޯސިއޭޝަންގެ މެންބަރު އަލީ ރިފާއު އަށް ލިބިއްޖެއެވެ.

ސައުތު އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަނުން ބުނީ، ރިފާއުގެ ފަރާތުން އެ ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަ ކަމަށެވެ.

މި މަގާމު ރިފާއުއާ ހަވާލުކުރުމަށް ނިންމީ ސެކެއްޓަރީ ޖެނެރެލް އޮފް ވޯލްޑް ބޮޑީ ބިލްޑިންގް އެންޑް ފިޒިކް ސްޕޯޓްސް ފެޑެރޭޝަނާއި، އޭޝިއަން ބޮޑީ ބިލްޑިންގް އެންޑް ފިޒިކް ސްޕޯޓްސް ފެޑެރޭޝަނުގެ ރައީސް އަދި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިންގް އެސޯސިއޭޝަނުގެ ރައީސްގެ ވެސް ރުހުމާ އެކުގައެވެ.

މަގާމާ ހަވާލުވުމާ އެކު، ކުރިއަށް އޮތް އެކްޒެކެޓިވް މީޓިންގްތަކަށް ރިފާއު ހާޒިރުވާން ޖެހޭނެއެވެ. އަދި އެ ފެޑެރޭޝަނުން ބާއްވާ ހާއްސަ އިވެންޓްތަކަށް ވެސް އޭނާ ހާޒިރުވާންޖެހޭނެއެވެ.

ކުރިން ވޮލީ ރެފްރީކަން ވެސް ކޮށްފައިވާ ރިފާއު ވަނީ މީގެ ކުރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީފް) ގައި މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް