Advertisement
ކ. މާލެ
|
7 މެއި 2019 | އަންގާރަ 17:06
އަތުގަތް ބޯޓު މާލެ ގެނައުމުގެ ތެރޭފައި ފަރަށް އަރާފައި
އަތުގަތް ބޯޓު މާލެ ގެނައުމުގެ ތެރޭފައި ފަރަށް އަރާފައި
އެމްއެންޑީއެފް
މަސްތުވާތަކެތި
އަތުލައިގަތް އިރާންގެ ބޯޓުން 51 ކިލޯގެ މަސްތުވާތަކެތި ހޯދައިފި
މިބޯޓުގައި ތިބި 7 މީހުން ވަނީ ހައްޔަރުކޮށްފައި
ބޯޓު މާލެ ގެނައުމުގެ ތެރޭގައި ވަނީ ފަރަކަށް އަރާފައި

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއެންޓް އޮޕަރޭޝަނެއްގައި އަތުލައިގަތް އިރާންގެ ބޯޓުން 51 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ.

އެސިސެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މި ބޯޓުން ގާތްގަނޑަކަށް 51 ކިލޯގެ މަސްތުވާތަކެތި މިހާތަނަށް ފެނިފައިވާ ކަމަށާއި، އަދިވެސް ބޯޓު ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ރިޔާޒު ވިދާޅުވީ މިބޯޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ ކޮންޕާޓްމެންޓްތަކުގެ އިތުރުން ފައިބަރު ލޭޔަރއެއް އަޅައިގެން ނުފެންނަ ގޮތަށް ކަމަށެވެ.

ރިޔާޒު ވިދާޅުވީ މިބޯޓުގެ ހަތް ފަޅުވެރިން ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މިއަދު ކޯޓުން އެ މީހުންނަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

މީގެ އިތުރުން އިރާންގެ ބޯޓު މާލެ ބަދަރަށް ގެންނަނިކޮށް ކ. ވިލިގިލި ކައިރީގައި އޮންނަ ފަރަށް އެރުމާ ގުޅިގެން ބޯޓު ފުންކުރުމާއި ސާރޗްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ފަރުމަތީގައި ސާޗްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި މަސައްކަތް ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ އާއި ފުލުހުންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ ކުރިން ވެސް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން މަސްތުވާތަކެތި ޓްރާންސިޓްކުރުމަށް އީރާންގެ ބޯޓު ފަހަރު ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް