Advertisement
ކ. މާލެ
|
7 މެއި 2019 | އަންގާރަ 17:01
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ޕާޓްނާޝިޕް ފޯރަމް
އިންވެސްޓްމެންޓްތަކަށް ހުޅުވާލެވިފައި: ޕާޓްނާޝިފް ފޯރަމް ބައްވަނީ!
ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހު
105 ފަރާތަކަށް ދައުވަތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދޭ

ބޭރުގެ އިންވެސްޓްމެންޓްތަކަށް ހާއްސަ ކޮށްގެން ރާއްޖޭގައި ޕާޓްނާޝިޕް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.  

އިންވެސްޓްމެންޓް ފޯރަމަކީ ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ދިވެހި ސަރުކާރުން އިންތިޒާމު ކޮށްގެން ބާއްވާ ފޯރަމެކެވެ.  

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ މިއުވާން މުހައްމަދު ރާއްޖެއެމްވީ އަށް ވިދާޅުވީ، އެ ފޯރަމް ޖޫން މަހުގައި ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، 105 ފަރާތަކަށް ދައުވަތު ދީފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެހީދޭ ޖަމްއިއްޔާތައް ވެސް ހިމެނެއެވެ.

 އެ ފޯރަމްގައި ރާއްޖޭގެ ތަރައްގީ މަޝްރޫއުތަކަށް ސަރުކާރުން އަހައްމިއްޔަތު ދޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން އެޖެންޑާ ކުރެވިފައިވާކަން މިއުވާން ވަނީ ފާހަގަ ކޮށްފައެވެ. އަދި ހަމަ އެއާކު ރާއްޖެ އަށް ގެންނަން ބޭނުންވާ އިންވެސްޓްމެންޓްތަކާ ބެހޭ ގޮތުން ވެސް ބޭރުގެ ފަރާތްތަކާ ހިއްސާ ކުރަން ވަނީ ހަމަޖެހިފައެވެ.

 އޭނާ ވިދާޅުވީ، ފޯރަމާ ބެހޭ އިތުރު މައުލޫމާތު ފޮރިން މިނިސްޓްރީން ފަހުން ހާމަކުރާނެ ކަމަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް