ކ. މާލެ
|
7 މެއި 2019 | އަންގާރަ 14:56
އެލިއާއިން އަކީ ތަފާތު ޕްރޮމޯޝަންތައް ކުރިއަށްގެންދާ ތަނެއް
އެލިއާއިން އަކީ ތަފާތު ޕްރޮމޯޝަންތައް ކުރިއަށްގެންދާ ތަނެއް
ގޫގުލް
އެލިޔާ ޕްރޮމޯޝަން
'ޔަމަހާ ވިން ވިން 1440'ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
މިޕްރޮމޯޝަން ކުރިއަށްދާނީ 06 މެއި އިން 03 ޖޫން އަށް

އެލިއާގެ ވިޔަފާރިއަށް 55 އަހަރު ފުރިހަމަވެ، އެލިއާ އާއި ޔަމަހާގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަން "އެންމެންނަށްވެސް" ގެ ދަށުން "ޔަމަހާ ވިން ވިން 1440" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން 'ޔަމަހާ މޯލްޑިވްސް'ގެ ފޭސްބުކް ޕޭޖް ލައިކް ކޮށް، ޝެއާރ ކުރުމުން، ގުރުއަތުން ދިމާވާ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެލިޔާއިން ބުންޏެވެ.

އަދި "ސިޓްރޯން ބައި ލެމަންގްރާސް" އިން މި ރަމަޟާންމަހުގައި ރޯދަ ވީއްލުމަށް ދާ މީހުންގެ ތެރެއިން، ގުރުއަތުން ދިމާވާ ނަސީބުވެރި 02 ފަރާތަކަށް، ޔަމަހާ ބްރޭންޑްގެ "އެރޮކްސް 155" އަދި ޔަމަހާއިން އެންމެ ފަހުން ތަޢާރަފު ކުރި ޔަމަހާ "ފްރީގޯ"  މޮޑެލްގެ ސައިކަލެއް ދިނުމަށް ވަނީ ނިންމާފައެވެ.

ސިޓްރޯންއިން ރަމްޟާން މަހު ރޯދަވީއްލާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ރޯދަވީއްލުމާއި ގުޅުވާލައިގެން، އެލިއާ އާއި ސިޓްރޯންއިން މި ޕްރޮމޯޝަން ހިންގަމުންދާތާ މިއީ 4 ވަނަ އަހަރެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ ދަށުން ޔަމަހާ "އެމް އެކްސް ކިންގް" އަދި ޔަމަހާ "ކިއުބިކްސް" މޮޑެލްގެ ސައިކަލު ގަންނަ ކޮންމެ ފަރާތަކަށް ވަރަށް ޚާއްޞަ ހަދިޔާއެއް ލިބިގެންދާނެއެވެ.

 އަދި މަހުން މަހަށް ފައިސާ ދައްކާގޮތަށް ގަންނަ ސައިކަލުގެ އާއްމުކޮށް ދައްކަމުންދާ ޑައުން ޕޭމަންޓްގެ އަދަދުން %50 ދަށްކޮށް ދެއްކުމުގެ ފުރުސަތު ވެސް މިޕްރޮމޯޝަންގެ ދަށުން ލިބިގެންދާނެ ކަމަށް އެލިޔާއިން ބުންޏެވެ.

އެލިއާއިން ކުރިއަށް ގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީޢާއާއި އެއްގޮތްވާ ގޮތުގެމަތިން، ރިބާ ނުހިމެނޭ އިންސްޓޯލްމަންޓް ސްކީމެކެވެ. އަދި ހަމައެއާއެކު މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ގަންނަ ފަރާތްތަކަށް ވެސް ސައިކަލު ލިބިގެންދާނީ އެފަރާތެއްގެ ނަންމަތީގައި ޕްރައިވެޓް ބޯޑުގައެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 06 މެއި 2019 އިން 03 ޖޫން 2019 އާ ހަމައަށެވެ.

 

- ކޮމެންޓް
7 މެއި 2019 | އަންގާރަ 15:14
Mahmood
Very good