ކ. މާލެ
|
7 މެއި 2019 | އަންގާރަ 13:39
ބީއެމްއެލްއިން ހުޅުމާލޭގައި ހުޅުވި އޭޓީއެމް
ބީއެމްއެލްއިން ހުޅުމާލޭގައި ހުޅުވި އޭޓީއެމް
ބީއެމްއެލް
ބީއެމްއެލްގެ ޚިދުމަތް
ބީއެމްއެލްގެ ޚިދުމަތް ފުޅާކޮށް އިތުރު 3 އޭޓީއެމް ހުޅުމާލޭގައި ބަހައްޓައިފި
މި އޭޓީއެމްތަކުން 24 ގަޑިއިރު ޚިދުމަތްދޭނެ

ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި ދެމުން އަންނަ ޚިދުމަތް އިތުރަށް ފުޅާކޮށް އިތުރު 3 އޭޓީއެމް މެޝިން ބަހައްޓައިފިއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަލަށް މި ހުޅުވި ސެލްފް ސަރވިސް ބޭންކިން ސެންޓަރ ހުޅުވާފައިވަނީ ރެނާޓަސް އިތާ މުއި ތިރީގައި ކަމަށެވެ. 

ސައީދު ވިދާޅުވީ އިތުރަށް ބެހެއްޓި މެޝިން ތަކަކީ ސެލްފް ސަރވިސް މެޝިންތަކަށްވާއިރު ޗެކް ޖަމާ ކުރުމާއި، ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޙިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

ބޭންކްގެ ޚިދުމަތް ފުޅާކޮށްފައިވަނީ ހުޅުމާލެއަކީ ހަލުވި ކަމާއި އެކު އާބާދީ އިތުރުވަމުން އަންނަ ތަނަކަށް ވުމުންނެވެ.  މިހާރު ހުޅުވި ތިން އޭޓީއެމްއާއި އެކު ޖުމްލަ 7 އޭޓީއެމްއިން ޚިދުމަތް ލިބިގެންދާނެއެވެ.

މިހާރު އޭޓީއެމްތައް ހުންނަނީ ހުޅުމާލެ ހޮސްޓިޕަލް ކުރިމަތީގައި ހުންނަ ހުޅުމާލެ ބްރާންޗްގައި ހުންނަ ތިން އޭޓީއެމްއާއި، ޓްރީ ޓޮޕް ކައިރީގައި ހުންނަ އެއް އޭޓީއެމްއެވެ. އަދި އަލަށް ރަނާޓަސް އިމާރާތުގެ ތިރީގައި ހުޅުވި ތިން އޭޓީއެމްއާއި އެކު ކަސްޓަމަރުންނަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ބޭންކުން އުއްމީދު ކުރާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް