މެޓް ގާލާ 2019 ގައި ހޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވެއްޖެއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ހޯމަ ދުވަހު ބާއްވާ ހޮލީވުޑްގެ ހާއްސަ ފަންޑްރެއިޒަރއެއް ކަމަށްވާ މެޓް ގާލާގައި ތަރިން ހެދުން އަޅަން ޖެހެނީ ވަކި ތީމް އަކަށެވެ. އެގޮތުން މި އަހަރުގެ ތީމްއަކީ "ކޭމްޕް: ނޯޓްސް އޮން ފެޝަން"އެވެ.
މި ތީމްއަށް ފެތުމަށް މި އަހަރު ތަރިން ލާން ޖެހުނީ އާދަޔާ ޚިލާފު/ތަފާތު ނުވަތަ އެންމެ ކަންތައް ބޮޑު އައުޓްފިޓް ތަކެވެ.
2019 ވަނަ އަހަރުގެ މެޓް ގާލާގެ ހޯސްޓުންގެ ތެރޭގައި ގްރެމީ އަދި އޮސްކާ އެވޯޑް ހާސިލް ކޮށްފައިވާ ލޭޑީ ގާގާ ހިމެނެއެވެ.
މި އަހަރުގެ މެޓް ގާލާގެ ބެސްޓް ޑްރެސްޑް - އަންހެން
ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ: ތޮމް ބްރައުންގެ ޑިޒައިނެއް
 އާރް އެންޑް ބީ ލަވަ ކިޔުންތެރިޔާ ސިއޭރާ: ޑަންޑަސްގެ ޑިޒައިނެއް
 ފިލްމީ ތަރި ލުޕީޓާ ޏޮންގޯ: ވަސާޗޭ
 ވޯގްގެ އެޑިޓަރ އިން ޗީޕް އެނާ ވިންޓޯ: ކާލް ލެގަފެލްޑް
 ޒެންޑޭޔާ: ޓޮމީ ހިލްފިގަރ
 ސުޕަރމޮޑެލް ޖީޖީ ހަދީދް: މައިކަލް ކޯޒްގެ ޑިޒައިނެއް
 ލަވަކިޔުންތެރިޔާ ސެލީން ޑިއޮން: އޮސްކާ ޑި ލަ ރެންޓާގެ ޑިޒައިނެއް
 ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް: ވަސާޗޭ
 ފިލްމީ ތަރި އެލް ފެނިންގ: މިއު މިއު
 ސުޕަރމޮޑެލް ހޭލީ ބީބަރ: އެލެގްޒާންޑަރ ވޭންގް
 
މެޓް ގާލާ 2019ގެ ބެސްޓް ޑްރެސްޑް – ފިރިހެން
އެންއެފްއެލް ކުޅުންތެރިޔާ ޓޮމް ބްރޭޑީ
 ފިލްމީ ތަރި ޑެރަން ކްރިސް
 ފިލްމީ ތަރި މައިކަލް ބީ. ޖޯޑަން
 ލަވަކިޔުންތެރިޔާ ޝޯން މެންޑޭސް
 ފިލްމީ ތަރ ރިޗަޑް މެޑަން
 އެންމެ ސްޓައިލިޝް ޖޯޑުތައް
 ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް
 ޖެނިފަރ ލޮޕެޒް އާއި އެލެކްސް ރޮޑްރިގެޒް
 ގެބްރިއަލް ޔޫނިއަން އާއި ޑްވޭން ވޭޑް
 ކޯލް ސްޕްރައުސް އާއި ލިލީ ކޮލިންސް
 
އެންމެ ސްޓައިލިޝް އާއިލާ
 މެޓް ގާލާ 2019 ގައި އެންމެ ގިނަ މެމްބަރުން ބައިވެރިވި އާއިލާއަކީ ކާޑޭޝިއަން-ޖެނަރ އާއިލާއެވެ.
އެގޮތުން، ކިމް ކާޑޭޝިއަން އާއި ފިރިމީހާ ކާންޔޭ ވެސްޓްގެ އިތުރުން، ކިމްގެ ކޮއްކޮމެން ކެންޑަލް އާއި ކައިލީ ޖެނަރ، އަދި ކައިލީގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓް މި ހަފްލާއަށް ދިޔައެވެ. މީގެ އިތުރުން، އެ މީހުންގެ މަންމަ ކްރިސް ޖެނަރ އާއި ލޯބިވެރިޔާ ކޯރީ ގެމްބެލް ވެސް ވަނީ ބައިވެރިވެފައެވެ.