Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 23:23
ޒައިދުލް އަމީން ކޯޓަށް ހާޒިރުކުރަނީ
ޒައިދުލް އަމީން ކޯޓަށް ހާޒިރުކުރަނީ
ގޫގުލް
ބްްލެކްމެއިލްކުރުން
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މައްސަލަ އިސްތިއުނަފުކޮށްފައިވަނީ މިއަދު

މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

 

ޒައިދުލް އަމީންގެ ޤާނޫނީ ވަކިލް، މަހުފޫޖު ސައީދު، އިސްތިއުނާފުގެ މައްސަލަ އާދިއްތަ ދުވަހު ހައިކޯޓަށް ހުށައަޅުއްވާފައިވާއިރު، ޒައިދު ހުންނެވީ ފުލުހުންގެ ބަންދުގައެވެ. ޒައިދުލް އަމީން ގޭބަންދުގައި ބެހެއްޓުމަށްފަހު، ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް އިތުރުކޮށް މިހާރު ބަހައްޓާފައިހުރީ ދޫނިދޫ ޖަލުގަ އެވެ.

 

ފުލުހުން ޒައިދުލް އަމީން ހައްޔަރުކޮށްފައިވަނީ މިދިއަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ޖެހިގެންއައި 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އަދި އޭގެފަހުން ޖެނުއަރީ 28 ވަނަ ދުވަހު ދެވަނަ ފަހަރަށް ޒައިދުލް އަމީންގެ ބަންދަށް 15 ދުވަސްޖަހާފައި ވެއެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ މި ފެބުރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.

 

ޒައިދުލް އަމީންގެ މައްޗަށް ކުރަނީ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތު އެވެ.

 

ޒައިދުލް އަމީން ވިދާޅުވެފައިވާގޮތުގައި ވީޑިއޯއެއް ބޭނުން ކޮށްގެން އެކިއެކި މީސްމީހުން ބްލެކްމެއިލް ކުރުމަށް ރާވާ ކަމަށްބުނެ، ހައްޔަރުކުރީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކުރެވޭފަދަ ބަޔާނެއް ހޯދުމަށް ކަމަށެވެ. ޒައިދުލް އަމީން ހައްޔަރުކުރި މައްސަލައާއި ގުޅިގެން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހައްޔަރުގައި ބަހައްޓައިގެން ބަޔާން ނެގިއިރު، ހައްޔަރުކޮއްގެން އުޅެނީ ކޮންފަރާތް ތަކެއް ބްލެކްމެއިލް ކުރަންއުޅުނު ކަމުގެ ތުހުމަތުގައި ކަމެއް ފުލުހުންގެ ފަރާތުން ބުނެދީފައިނުވާ ކަމަށެވެ.

 

ހައްޔަރުކުރި މައްސަލަ ސާފުނުވާއިރު ފަހުން ފުލުހުން މަސައްކަތްކޮށްފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް މިހާރުގެ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމުގައި ބުނެ ބަޔާނެއްދިނުމަށް ކަމަށް ޒައިދުލް އަމީން ވިދާޅުވެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް