ކ. މާލެ
|
6 މެއި 2019 | ހޯމަ 20:26
ރޮޖަރ ފެޑަރަރ
ރޮޖަރ ފެޑަރަރ
ގެޓީ އިމޭޖަސް
ރޮޖަރ ފެޑަރަރ
ކްލޭ ކޯޓުގައި އަލުން ކުޅެން ނިންމުނީތީ އުފާ ކުރަން: ފެޑަރަރ
ފެޑަރަރ ކްލޭ ކޯޓެއްގައި އެންމެ ފަހުން ކުޅެފައިވަނީ 2016 ވަނަ އަހަރު

ކްލޭ ކޯޓުތަކުގައި އަނެއްކާ ވެސް ކުޅެން ނިންމުނީތީ އުފާ ކުރާ ކަމަށް ދުނިޔޭގެ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރޮޖަރ ފެޑަރަރ ބުނެފިއެވެ.

ފެޑަރަރ ކްލޭ ކޯޓެއްގައި އެންމެ ފަހުން ކުޅެފައި ވަނީ 2016 ވަނަ އަހަރުގެ މެޑްރިޑް އޯޕަންގައެވެ. އޭނާ މިހާރު ދަނީ މި އަހަރުގެ މެޑްރިޑް އޯޕަންގެ މެޗްތަކަށް ތައްޔާރު ވަމުންނެވެ.

ބޮޑު ބްރޭކަކަށް ފަހު ކްލޭ ކޯޓުގައި އަނެއްކާ ވެސް ކުޅެން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށާއި، އެގޮތަށް ނިންމުނީތީ ވަރަށް އުފާ ކުރާ ކަމަށް އޭނާވަނީ ބުނެފައެވެ.

އެފަދަ ކޯޓުގައި ކުޅެން އަލުން ހޭނެން ޖެހުނު ނަމަވެސް، މާ އުނދަގޫ ނޫން ކަމަށް ފެޑަރަރ ފާހަގަކޮށްފައި ވެއެވެ.

ވިހި ފަހަރު ގްރޭން ސްލޭމް ހޯދާފައިވާ، ނުވަތަ ދުނިޔޭގެ އެންމެ ބޮޑު ހަތަރު ޓެނިސް ޓޯނަމަންޓްތައް ކާމިޔާބުކޮށްފައިވާ ފެޑަރަރ ބުނީ މެޑްރިޑް އޯޕަން އަށް ނިކުންނައިރު މާ ބޮޑު އުންމީދުތަކެއް ނެތް ކަމަށެވެ.

މޭ 3 ގައި ފެށި މެޑްރިޑް އޯޕަންގައި ފެޑަރަރ ކުޅޭނީ ރިޗަރޑް ގަސްކެޓް އާއި އަލެހަންޑްރޯ ޑޭވިޑޮވިޗް ފޮކީނާގެ މެޗުން މޮޅުވާ ފަރާތަކާއެވެ.

- ކޮމެންޓް