ކ. މާލެ
|
6 މެއި 2019 | ހޯމަ 20:13
ޕައުލޯ ޑިބާލާ
ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޮޕައުލޯ ޑިބާލާ
ޔުވެންޓަސްއިން ޑިބާލާ ވިއްކާލަނީ
ޑިބާލާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ޔުވެންޓަސްއިން އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފިލްޑަރ ޕައުލޯ ޑިބާލާ ވިއްކާލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ރިޕޯޓްތައް ބުނާ ގޮތުން ޑިބާލާ ވިއްކާލަން ޔުވެންޓަސްއިން އޮތީ ތައްޔާރަށެވެ. އަދި އޭނާ ވިއްކާލަން ޔުވެންޓަސްއިން ބޭނުން ވަނީ 100 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ޑިބާލާ ވިއްކާލަން ޔުވެންޓަސް އިން ތައްޔާރަށް އޮތްއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑް އާއި މެންޗެސްޓާ ސިޓީ ހިމެނެއެވެ.

ޔުވެންޓަސްއާ އެކު ޑިބާލާ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު އޭނާ އެހެން ކްލަބަކަށް ބަދަލުވާނެއެވެ.

ޔުވަންޓަސްއާ 2015 ވަނަ އަހަރު ގުޅުނު އުމުރުން 24 އަހަރުގެ ޑިބާލާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ވެސް ހިމެނެއެވެ.

ޔުވަންޓަސް އަށް މިހާތަނަށް ކުޅުނު 179 މެޗުގައި 78 ލަނޑު ކާމިޔާބުކޮށްފައިވާ ޑިބާލާ ވަނީ އެ ކްލަބާ އެކު ތިން އިޓާލިއަން ލީގު، ތިން ކޮޕާ އިޓަލިއާ އަދި އެއް އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 19 މެޗު ކުޅެފައިވާ ޑިބާލާ ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް އިޓަލީ ލީގުގެ ޓީމް އޮފް ދަ އިޔާގައި ހިމެނިފައެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ކޮޕާ އިޓަލިއާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

- ކޮމެންޓް