ކ. މާލެ
|
6 މެއި 2019 | ހޯމަ 17:29
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް
ގެޓީ އިމޭޖަސް
ބޮލީވުޑް
މެޓް ގާލާ އިން ނިކް އާއި ދިމާވި ވާހަކަ ދަރިންނަށް ކިޔައިދޭނަން: ޕްރިޔަންކާ
ފުރަތަމަ ފަހަރަށް ޕްރިޔަންކާ އާއި ނިކް އެކުގައި ފެނިގެން ގޮސްފައިވަނީ "މެޓް ގާލާ 2017" އިން

ހޯމަ ދުވަހު ފަށާ "މެޓް ގާލާ 2019" ގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސް އަނެއްކާ ވެސް ފެނިގެން ދާނެއެވެ.

ފުރަތަމަ ފަހަރަށް ޕްރިޔަންކާ އާއި ނިކް އެކުގައި ފެނިގެން ގޮސްފައި ވަނީ "މެޓް ގާލާ 2017" އިންނެވެ.

"މެޓް ގާލާ 2017" ގައި މި ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ޕްރިޔަންކާ ވަނީ އެ ދެ މީހުންނަށް ލިބޭ ދަރިންނަށް އެކުދިންގެ ބައްޕަ އާއި ދިމާވި ގޮތުގެ ވާހަކަ ކިޔައިދޭނެ ގޮތް ކަމަށް ކެޕްޝަންގައި ލިޔެފައެވެ.

އެ ފޮޓޯގައި އެ ދެ މީހުން ފެނިގެން ގޮސްފައި ވަނީ ޑިޒައިނާ ރަލަފް ލައުރެންސްގެ ހެދުމުގައެވެ.

އެ ފޮޓޯ އަށް ފަހު މި ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމުގެ އަޑު ވަނީ ފެތުރިގެން ގޮސްފައެވެ.

ނަމަވެސް އެ ދެ މީހުން ޑޭޓް ކުރާ ކަމަށް ދެކެވޭ ވާހަކަ އޭރު ދެ މީހުން ވެސް ވަނީ ދޮގުކޮށްފައެވެ. އަދި ފަހުން ވަނީ އެ ދެ މީހުންގެ ގުޅުން ސީރިއަސް ވެފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޕްރިޔަންކާ ވަނީ "މެޓް ގާލާ" ފޮތޯތަކުގެ ކޮލާޖެއް ހިއްސާކޮށް ރެޑް ކާޕެޓުން އޭނާގެ ފިރިމީހާ އާއި ގިނަ ރައްޓެހިންނާ ދިމާވި ކަމަށް ބުނެފައެވެ. އަދި މި އަހަރުގެ "މެޓް ގާލާ" އިން ވެސް ނިކް އާއި އޭނާ ފެނިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

 

 

- ކޮމެންޓް