ކ. މާލެ
|
6 މެއި 2019 | ހޯމަ 09:21
ޑެނީ ވެލްބެކް
ޑެނީ ވެލްބެކް
ގެޓީ އިމޭޖަސް
ޑެނީ ވެލްބެކް
މި ސީޒަނަށްފަހު ވެލްބެކް އާސެނަލް ދޫކޮށްލަނީ
ވެލްބެކްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ

މި ސީޒަނަށްފަހު އާސެނަލްއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް އެ ކްލަބް ދޫކޮށްލާނެކަން ކަށަވަރުވެއްޖެއެވެ.

މި ސީޒަނަށްފަހު އާސެނަލްއާއެކު ވެލްބެކް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާގެ އެއްބަސްވުން އާނުކުރާނެކަން އެ ކްލަބުގެ ކޯޗު އެމެރީ ކަށަވަރުކޮށްދީފައެވެ. އެގޮތުން އޭނާއަށް އެހެން ކްލަބަކަށް ފްރީ ޓްރާންސްފާއެއްގެ ދަށުން ބަދަލުވުމަށް ވަނީ ފުރުސަތު ލިބިފައެވެ.

ވެލްބެކް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ބަދަލުވުން އެންމެ ގާތީ އެވަޓަންއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ހޯދުމަށް ނިއުކާސަލް ޔުނައިޓެޑް އަދި ވެސްޓްހޭމްއިންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2008 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ވެލްބެކް ވަނީ އެ ކްލަބަށް 142 މެޗު ކުޅެ 29 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު، ފުޓްބޯލް ލީގު ކަޕް ދެފަހަރު، އެފްއޭ ކޮމިއުނިޓީ ޝިލްޑް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑުގައި ހުރެ ޕްރެސްޓަން ނޯތު އެންޑް އަދި ސަންޑަލޭންޑަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައިވާ ވެލްބެކް އާސެނަލްއަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

ވެލްބެކް ވަނީ އާސެނަލްއަށް ކުޅުނު 126 މެޗުގައި 32 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާއެކު އެފްއޭ ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ލީގް ކަޕްގެ ދެވަނަ ހޯދާފައެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުނު 42 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައިވާ ވެލްބެކް ވަނީ 2007 ވަނަ އަހަރުގެ ސީޒަނުގައި ޖިމީ މާފީ ޔަންގް ޕްލޭޔާ އޮފް ދަ އިޔާ ހޯދާފައެވެ.

- ކޮމެންޓް