ކ. މާލެ
|
6 މެއި 2019 | ހޯމަ 09:20
ރެއާލް އަދި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އަދި ވިޔަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: ވިޔަރެއާލްގެ މައްޗަށް ރެއާލް ކުރިހޯދައިފި
ވިޔަރެއާލްގެ މައްޗަށް ރެއާލް ކުރިހޯދީ 2-3 ގެ ނަތީޖާއަކުން

ސްޕެނިޝް ލަލީގާގައި ވިޔަރެއާލްގެ މައްޗަށް ރެއާލް މެޑްރިޑް ކުރިހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ވިޔަރެއާލްއާ ވާދަކޮށް 2-3 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަރިއާނާ ޑިއާޒްއެވެ.

މި ލަނޑަށްފަހު ވިޔަރެއާލްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 11 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވަރޯ ގޮންޒާލެޒްގެ އެހީތެރިކަމާއެކު ގެރާޑް މޮރެނޯއެވެ.

ރެއާލްއަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު އަނބުރާ ހޯދަން ހުސް ގިނަ ފުރުސަތު ލިބުނެވެ. އެގޮތުން 40 ވަނަ މިނެޓުގައި ޖީސަސް ވަލެޖޯ ކާމިޔާބުކުރި ލަނޑުން ރެއާލްއިން ވަނީ ލީޑު އަނބުރާ ހޯދާފައެވެ.

ދެވަނަ ހާފް ފެށިގެން ރެއާލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޑެނިއަލް ކަވަހާލްގެ އެހީތެރިކަމާއެކު އެޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ޑިއާޒްއެވެ.

މެޗު ނިމުމުގެ ކުރިން ވިޔަރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މޮރެނޯގެ އެހީތެރިކަމާއެކު ޖައުމް ކޯސްޓާއެވެ. އޭނާއަށް މީގެއިތުރުންވެސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 36 މެޗުން ލިބުނު 68 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ވިޔަރެއާލް އޮތީ ކުޅުނު 36 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

- ކޮމެންޓް