Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 21:44
ޖުޑިޝަލް ސާވިސް ކޮމިޝަން
ޖުޑިޝަލް ސާވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ހައިކޯޓް
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
ބަޖެޓް ނެތިގެން ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައިނުވޭ
މުވައްޒަފުން މާލެ ގެނައީ ޢަމަލީ ތަޖުރިބާދިނުމަށް

ހައިކޯޓުގެ އުތުރު ގޮފި ބަންދުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދޮގުކޮށްފިއެވެ.

ޝަރުއީ ދާއިރާގެ ބަޖެޓް ކުޑަވުމުގެ ސަބަބުން ހައިކޯޓުގެ އުތުރުގޮފި ބަންދުކުރަން އުޅޭ ކަމަށް ބައެއް ނޫސްތަކުން ފަތުރާފައިވާ ޚަބަރާ ގުޅިގެން ޑީޖޭއޭއިން ބުނީ ބަޖެޓް ނެތިގެން ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ އޮފީސް ޢިމާރާތް ހަދައި، މުވައްޒަފުން ނަގާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި އެ މުއައްޒަފުން ވަނީ މާލެ ގެނެސްފައެވެ. މިކަމާއި ގުޅިގެން ޑީޖޭއޭއިން ބުނީ އެ ގޮތްޕަށް ނަގާފައިވާ މުވައްޒަފުން މާލެ ގެނައީ ޢަމަލީ ތަޖުރިބާދިނުމަށް ކަމަށެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

އެ އޮފީސް ޢިމާރާތް މިހާރު ބަންދުކޮށްފައި ހުންނަ އިރު، މިހާތަނަށް އުތުރު ގޮފީގައި އެއްވެސް ޝަރީއަތެއް ހިންގާފައެއް ނުވެއެވެ. ހައިކޯޓުގެ އުތުރު ގޮތްޕަށް އަދި ވަނީ ފަނޑިޔާރުން ކަނޑަނޭޅި އެވެ. ހައިކޯޓުގެ ކޮންމެ ގޮއްޕެއްގައި ތިން ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ.

ހައިކޯޓުގެ އުތުރު ގޮތްޕަށް ހުށަހެޅޭ މައްސަލަތައް މިހާރު މާލެ ހައިކޯޓަށް ހުށަހަޅަން ފަށާފައިވާ ކަމަށާއި އެ މައްސަލަތަކުގެ ޝަރީއަތްތައްވެސް ކުރިއަށް ގެންދާ ކަމަށް އެ ފަރާތުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް