Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 21:15
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ހަވާލުކުރަން ބޭއްވި ރަސްމީއްޔާތުގެ ތެރެއިން
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ހަވާލުކުރަން ބޭއްވި ރަސްމީއްޔާތުގެ ތެރެއިން
ޓްވިޓަރ
އެންވާރަމެންޓް މިނިސްޓްރީ
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
މަސައްކަތް 32 ދުވަސް ތެރޭ ނިންމަން ޖެހޭ

އައްޑޫ ސިޓީގެ ހުޅުމީދޫ އަދި ފުވައްމުލައް ސިޓީ އަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށަ ބަޔަކާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމެވެ. އަދި އެންޓްރާންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް ހަސަން ސަޢީދެވެ.

 މި މަސައްކަތުގެ ޖުމްލަ އަގަކީ 695,688.65 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 32 ދުވަހުގެ ތެރޭގައެވެ.

މީގެއިތުރުން ހުވަދު އަތޮޅުގެ އަށް ރަށަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށްވެސް ވަނީ ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން ގއ. މާމެންދޫ، ގއ. ކޮނޑޭ، ގދ. ހޯޑެއްދޫ، ގދ. ނަޑެއްލާ، ގދ. ފިޔޯރި، ގދ. ފަރެސްމާތޮޑާ، ގދ. ވާދޫ އަދި ގދ. ގައްދޫގެ ކުނި މެނޭޖްކުރަން ބޭނުންވާ ސާމާނު ފޯރުކޯށްދިނުމަށް ބަނީ  ބަޔަކާ ޙަވާލުކޮށްފައެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމެވެ. އަދި އެންޓްރާންސް ޕަރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ސަޢީދެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 849,250.68 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 32 ދުވަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް