ކ. މާލެ
|
6 މެއި 2019 | ހޯމަ 22:25
އުރީދޫ އިން ތައާރަފް ކުރި މަސްރޭސް
އުރީދޫ އިން ތައާރަފް ކުރި މަސްރޭސް
ރާއްޖެއެމްވީ
ރޯދަ ބާޒާރު
އުރީދޫ މަސްރޭސް ގޭމް، ކޮންމެ ހަފްތާއަކު ސެމްސަން އެސް 10 އެއް!
ގޭމްގައި ބައިވެރިވެވޭނީ އެއް ރުފިޔާ އަށް

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އުރީދޫ އިން ބައްވަމުންދާ ''މަސް ރޭސް''ގެ ފޯނު ގޭމެއް ތައާރަފް ކޮށް، އެއްވަނަ އަށް ހޮވޭ ފަރާތަކަށް އިނާމަކަށް ސެމްސަން ފޯނެއް ދޭން ހަމަޖެހިއްޖެއެވެ.

 އުރީދޫގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ އެ ގޭމުގައި ބައިވެރި ވެވޭނީ އެއް ރުފިޔާ ދައްކައިގެންނެވެ. ގޭމު އޯވާ ވުމުންވެސް އިތުރު ލާރި ދައްކައިގެން ކުޅޭވޭނެއެވެ. ގޭމުގެ ސްކޯ ބޯޑުން އެންމެ މަތިން ސްކޯ ކޮށްފައިވާ ފަރާތަކަށް ހަފްތާ ނިމުމުން އިނާމެއްގެ ގޮތުގައި ސެމްސަންގް އެސް 10 އެއް ދޭން ހަމަޖެހިފައިވެއެވެ.

މަސްރޭސް މޮބައިލް ޑައުންލޯޑް ކުރެވޭނީ އެ ކުންފުނީގެ ވެބްސައިޓުންނެވެ. އެ ގޭމްގެ ހިދުމަތް ލިބެން ފަށާނީ މިރޭ ދަންވަރުން ފެށިގެންނެވެ.  

ގޭމު ކުޅެން އެންމެ ބޮޑު އަދަދެއް ހޭދަ ކޮށްފައިވާ ފަރާތަކަށް ރޯދަ މަސް ނިމުމުން ޑީޖޭއޭ ޑްރޯން އެއް އިނާމެއްގެ ގޮތުގައި ދޭން އުރީދޫ އިން ވަނީ ނިންމާފައެވެ.  އުރީދޫއާ ވައިބާރ ގުޅިގެން މި ފަހަރު ވަނީ '' ވައިބާރ ނަމާދު ވަގުތު'' ގެ ނަމުގައި ޕަބްލިކް އެކައުންޓެއް ވައިބާރ ގައި ހަދާފައެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ބޮރޯޑްބޭންޑް ކޮންޓެންޓް އެންޑް ޑިވައިސަސް އަޙްމަދު ނޫމާން ވިދާޅުވީ، އެ ގްރޫޕް މެދުވެރިކޮށް ނަމާދު ވަގުތު ހަނދުމަ ކޮށްދިނުމުގެ އިތުރުން ގިބްލައި ހޯދައި، ޒަކާތް ހިސާބުކޮށް ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުހިއްމު އަދި ފަސޭހާ ހިދްމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

 ނޫމާން ވިދާޅުވީ، ކަނޑުމަތީގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް މަސްވެރިންނަށް ނަމާދު ކުރަން ގިބްލަ ހޯދަން ފަސޭހަ ވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް މޯބައިލް މެދުވެރިކޮށް މައްކާގައި ކުރާ ތަރާވިސް ލައިވްކޮށް ބަލާލެވޭނެއެވެ.

 ރަމަޝާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުރީދޫގެ ކަސްޓަމަރުންނަށް ލިބޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި: 

ރަމަޝާން ޑޭޓާ ކޮމްބޯ: 25 ރުފިޔާ އަށް 1 ޖީބީ ޑޭޓާ. މި ޕެކް ކޮންމެ ދުވަހަކު ހެނދުނު ފަހަކުން ހަވީރު ފަހަކަށެވެ. 

އެމްފައިސާ ކޭޝްބެކް އޮފަރ: ކޮންމެ ހުކުރު ދުވަހަކު އެމް-ފައިސާއިން ކުރައްޗާ ރާސްޓަސްއެއްގެ 10% އެމް ފައިސާ އަނބުރާ ލިބޭނެއެވެ.

 ސެމްސަންގ އޮފަރ: ފުރިހަމަ އިންސްޓޯލްމެންޓް ޕެކޭޖްތަކާއި އެކު، ސެމްސަންގ އެމް 20 އަދި 50 ރައްޓެހިންނަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
5 މެއި 2019 | އާދީއްތަ 10:19
Viber group
Bangi" kiyaa viber group eh aee "