Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 20:35
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
އެގަރާރު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ވެސް އެމައްސަލަ އެކަނި

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މަޖުބޫރުކޮށްގެން މެމްބަރުން އިތުރު ކުރަމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

 

ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާގެ  އިބްތިދާއީ ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި ގަރާރެވެ.

 

އެގަރާރަކީ ސަރުކާރުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕީއެމް ފެކްޝަނުގެ އިސްވެރިން ނުފޫޒު ބޭނުންކޮށްގެން، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ޕީޕީއެމަށް ސޮއިކުރުވަމުންދާ ކަމަށް ބުނެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހަޅާފައިވާ ގަރާރެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

 

ފަލާހު، މަޖިލީހަށް އެގަރާރު ހުށަހަޅަފައިވާއިރު، ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް މަޖިލިސް މެމްބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަނީ މާލޭގައި ހުރި އެކިއެކި އޮފީސްތަކާއި ކުންފުނިތާއި އަދި މަގުމަށްޗަށް ނިކުމެވަޑައިގެން ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް ސޮއި ހޯދުމަށް މަސަކަތް ކުރައްވާފަ އެވެ.

 

ޕީޕީއެމުން ވަނީ އެޕާޓީއަށް 150،000 މެމްބަރުން ހަމަކުރުމަށް ކެމްޕެއިނެއް ހިންގަން ފަށާފަ އެވެ.

 

ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިނަމާފައި ވަނީ އެމައްސަލަ އެކަންޏެވެ. އިތުރުކަމެއް އެޖެންޑާގައި ހިމަނާފައެއް ނުވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ފެބްރުއަރީ 2017 | ހޯމަ 01:39
ހ މ ޒ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ ޕީޕީއެމުންއިިގޭތޯ؟