Advertisement
ކ. މާލެ
|
5 މެއި 2019 | އާދީއްތަ 08:49
ހަނކެޑެ ސަރަހައްދުން ފެނުނު ކަށިތައްް
ހަނކެޑެ ސަރަހައްދުން ފެނުނު ކަށިތައްް
މުހައްމަދު ޝަރުހާން
މިނިކަށިތަކެއް ފެނުން
ހަންކެޑެ އިން މިނިކަށިތަކެއް ފެނުން
ފުލުހުންނަށް މި ކަމުގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ 15:45ގަ

އައްޑޫސިޓީގެ މަރަދޫއާ ކައިރީގައި އޮންނަ  ހަންކެޑެ އިން މިނިކަށިތަކެއް ފެނިއްޖެއެވެ.

އައްޑޫ ސިޓީ ހަންކެނޑަ ( ފަޅުރަށެއް) ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް  ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު މި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ 15:45 އެހައިކަށްހާއިރު ކަމަށް ފުލުހުން ބުނެއެވެ.

 ފުލުހުން ބުނެފައިވާ ގޮތުން މި ކަށިތަކަކީ  ވަރަށް ގިނަދުވަސްވެފައިވާ ކަށިތަކެއް ކަމަށް ބެލެވެއެވެ. ހަންކެޑެއިން ކަށިފެނުނު ސަރަހައްދަކީ ކުރީން މީހުންވަޅުލައި އުޅުނު ތަނެއް ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން މިކަން އިތުރަށް ބަލާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް