Advertisement
ކ. މާލެ
|
4 މެއި 2019 | ހޮނިހިރު 22:29
ނައިބު ރައީސް ފައިސަލް ނަސީމު
ނައިބު ރައީސް ފައިސަލް ނަސީމު
ރައީސް އޮފީސް
ނައިބު ރައީސް ފައިސަލް
ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރޭ- ނައިބު ރައީސް
ދަރިވަރުން ކުޅިވަރުގެ ތެރޭގައި އުޅުމަށް ގިނަ ފުރުސަތުތައް ފަހިކޮށްދޭންވާނެ
ކުޅިވަރަށް ހޭދަކުރާ ވަގުތަކީ ކިޔެވުމުގެ އެއްބަޔަށް ހޭދަކުރާ ވަގުތު

ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅު ވެއްޖެއެވެ

ނައިބު ރައީސް މި ފަދައިން ވިދާޅުވީ، ސްކޫލުތަކުގެ ގްރޭޑް 4 އަދި ގްރޭޑް 5 ގެ ދަރިވަރުންގެ މެދުގައި ބޭއްވި "ޑެވޮންޑޭލް ކިޑްސް ފުޓްބޯލް ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮނިހިރު ދުވަހު އޮތް މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރަށް ހޭދަކުރާ ވަގުތަކީ ވަށައިޖެހޭ ތައުލީމީ ނިޒާމެއްގައި ކިޔެވުމުގެ އެއްބައިކަމަށާއި ދުޅަހެޔޮ ކަމާއި ހަށިހެޔޮ ކަމާއެކީ ސްކޫލް ތެރޭގައި ކިޔަވައިދިނުމުގެ ނިޒާމު ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ދަރިވަރުންނަށް ކުޅިވަރުގެ ތެރޭގައި ޝާމިލުވެ އުޅުމަށް ގިނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ހުރިހާ ބެލެނިވެރިންގެ އަރިހުން ނައިބުރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ކުޅިވަރުގެ ތެރެއިން ދަސްކޮށްދޭ ރިވެތި އާދަތަކާއި އިޖުތިމާއީ ގޮތުން ލިއްބައިދޭ ދުޅަހެޔޮކަން އެމަނިކުފާނު ހުރިހާ ކުދިންނަށް ހަނދާންކޮށްދެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް