Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 20:10
ރައީސް އޮފީސް ތަރުޖަމާނު
ރައީސް އޮފީސް ތަރުޖަމާނު
ގޫގުލް
ތަރުޖަމާނުގެ ފާޑިކިޔުން
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
މުއާޒް ވަނީ ނޫސްވެރިން ސުވާލު ކުރުން ބަންދު ކުރުމުން އަތް ނުނެގުމަށް އަންގާފަ

ޕްރެސްތަކުގާ ސުވާލު ކުރަންޖެހޭނީ ވަކި ގޮތަކަށް ކަމަށް ބުނެ ރައީސް އޮފީހުގާ ނޫސްވެރިން ސުވާލު ކުރަންޖެހޭ ގޮތްތައް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔާދީފި އެވެ.

ރައީސް އޮފީހުގާ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު، ނޫސްވެރިން އެއްކުރުމަށްފަހު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގާ ސުވާލު ކުރުމުގައި އެ ޕްރެސްއެއް މޮޑެރޭޓް ކުރަން ހުންނަ ފަރާތެއް ބުނާ ބަސް އަހަންޖެހޭނެ ކަަމަށާއި ސުވާލުކުރުމުގެ ފުރުސަތު މެދުކަނޑާލުމުން އިތުރަށް ސުވާލުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މަންޒަރު ހުތުރު ވަރަށް ހަޑިކަމެއް ކަމަށެވެ.

މުއާޒް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ނިމުމަށްފަހު ދެން ތިބޭ ފަރާތްތަކުގެ ގާތުން އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރުމަކީވެސް ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ. މިއީ އަލަށް ނޫސްވެރިކަމަށް އައިސް އުޅޭ މީހުންގެ ކިބައިން ފެންނަ މަންޒަރެއް ކަމަށް ދޭހަވާ ގޮތަށް ނޫސްވެރިންނަށް ރައީސް އޮފީސްތަކުގެ ޕްރެސްތަކުގާ އަމަލުކުރާނެ ގޮތްތައް ދަސްކޮށްދެން ޖެހޭ ކަމަށް މުއާޒް ވިދާޅުވި އެވެ. މިގޮތަށް ސުވާލުކުރުމުގެ ފުރުސަތު މެދުކަނޑާލުމުން އިތުރު ފުރުސަތަށް އެދި އަތް ނެގުމަކީ ވަރަށް ހުތުރު ކަމެއް ކަަމަށް ވެސް މުއާޒް ވިދާޅުވިއެެވެ. މިހާރަކަށް އައިސް ރައީސް އޮފީހުގެ ޕްރެސްތަކުގާ މިފަދަ ކަންކަން ހިނގާ ކަމަށާއި މިއީ ކުރީގެ ނޫސްވެރިންގެ ކިބައިން ފެންނަ މަންޒަރުތަކެއް ނޫން ކަަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް މިމޭރުމުން ވާހަކަ ދައްކަވާ ވާއިރު ޕްރެސް ކޮންފަރެންސްތައް ނިންމުމަށްފަހު ނޫސްވެރިން ވަކިން ޕްރެސްދޭ ފަރާތްތަކާ ބައްދަލުކޮށް ސުވާލު ކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކަން ހިނގާ އުސޫލެވެ. އަދި ޕްރެސްތަކުން ސުވާލު ހޯދުމަށް ފުރުސަތު ހޯދުމަަށް މަސައްކަތް ކުރުމަކީވެސް ދުނިޔޭގެ ހުރިހާ ހިސާބަކުވެސް ކަންކަން ކުރަމުން އަންނަ އުސޫލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް