Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 19:34
ސިފައިންގެ މީހަކަށް ވެކްސިން ދެނީ
ސިފައިންގެ މީހަކަށް ވެކްސިން ދެނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
މިއީ ރާއްޖެއިން ހިމަބިހި ނައްތާލުމަށް ފެށި ކެމްޕެއިނެއް

ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމަށް ސަރުކާރުން ފަށާފައިވާ ގައުމީ ކެމްޕޭން "މަވެސް ޖަހައިފިން" އެމްއެންޑީއެފްގައި ފަށައިފިއެވެ.

 

މިކެމްޕޭން އެމްއެންޑީއެފްގައި ފެށުމަށް އާދިއްތަ ދުވަހު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކެމްޕޭން ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

 

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގައި މި ކެމްޕޭން ފެއްޓުމުގެ ގޮތުން އޮފިސަރަކަށާއި އެންލިސްޓެޑް ރޭންކުގެ ސިފައިންގެ މީހަަކަށާއި ސިފައިންގެ އަންހެނަކަށް ވަނީ ވެކްސިން ޖަހާފައެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައިވާއިރު، ވެކްސިން ޖެހި ފަރާތްތަކަށް ވެކްސިން ކާޑު ހަވާލުކޮށްދެއްވާފައިވެއެވެ.

ޑިފެންސް މިނިސްޓަރު ޝަރީފް، ވެކްސިން ޖެހި ފަރާތްތަކަށް ވެކްސިން ކާޑު ހަވާލުކޮށްދެއްވަނީ

 

މި ކެމްޕޭނަކީ 2020  ވަނަ އަހަރުގެ ކުރިން ސައުތު އޭޝިއާ ސަރަހައްދުން ހިމަބިހި ނައްތާލުމަށް ކުރަމުންދާ ކެމްޕޭނުގައި ދިވެހިރާއްޖެއިން މިއަހަރު ހިމަބިހި ނައްތާލުމަށް ސަރުކާރުން ކުރަމުންދާ ކެމްޕޭނުގައި ބައިވެރި ވުމުގެ ގޮތުން ސިފައިން ފެށި ކެމްޕޭނެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފްގައި މި ކެމްޕޭނު ކުރިއަށްގެންދަނީ އެމްއެންޑީއެފް މެޑިކަލް ސަރވިސް އާއި ސެނެހިޔަ ހޮސްޕިޓަލް ގުޅިގެންނެވެ. މިކެމްޕޭން ހިނގަމުންދާ ދުވަސްވަރު އާންމުންނަށާއި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ވެސް ސެނެހިޔަ ހޮސްޕިޓަލުން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް