Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 19:33
މިނިސްޓަރ އަބްދުﷲ ނާޒިމް
މިނިސްޓަރ އަބްދުﷲ ނާޒިމް
ރާއްޖެއެމްވީ
ހިމަބިހި ނައްތާލުމުގެ ކެމްޕެއި
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ 95 ޕަސެންޓް ކަވަރ ކުރެވޭނެ
މި ކެމްޕެއިން ކުރިއަށްދަނީ 26 ފެބްރުއަރީ މަރޗު 11 އަށް

ހިމަބިހި ނައްތާލުމަށްޓަކައި، ހެލްތް މިނިސްޓްރީން ފެށި ކެމްޕެއިނުގައި 70،000 މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކެމްޕެއިނަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

ވިހި ވިއްސާ ހަމައަށް ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުން މި ބަލި ނައްތާލުމަކީ މި ސަރަހައްދުގެ އަމާޒެވެ. ޑަބްލިޔޫއެޗްއޯގެ އުސޫލު އޮންނަ ގޮތުން މި ބަލި ނައްތާލާފައިވާކަން ކަށަވަރުކުރުމުގެ މަސައްކަތް ފަށާނީ ބަލި ނުފެންނަތާ ތިން އަހަރު ފަނުންނެވެ. ރާއްޖޭގައި ހިމަބިހި ނުފެންނަތާ ހަ އަހަރު ވެއްޖެ އެވެ. އެންމެ 

ހިމަބިހި ނައްތާލުމަށްޓަކާ ހެލްތް މިނިސްޓްރީން ފެށި ކެމްޕެއިންނާ ގުޅޭ ގޮތުން ރައީސް އޮފީހުގާ އާދީއްތަ ދުވަހު ފެށި ކެމްޕެއިނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖެއިން ހިމަބިހި ނައްތާލުމަށް ފަށާފައިވާ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހިމަބިހީގެ ވެކްސިން ދިނުމަށް ރޭވިފައިވާ ކަމަށެވެ.

މާލޭގެ ސްކޫލުތައް ހިމެނޭ ގޮތަށް މާލޭގެ 11 ތަނެއްގައި ވެކްސިން ދިނުމުގެ ހަރަކާތްތައް ކުރިއަށްދާ އިރު އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގައި ވެސް ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިމަބިހި ނައްތާލުމަށް ފެށި ވެކްސިން ދިނުމުގެ ޕްރޮގްރާމަކީ ބަޖެޓްގެ ތެރެއިން ހިނގާ ހަރަދެއް ނޫން ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ވެކްސިން ކެމްޕެއިނަށް ވެކްސިން ހޯދާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ބޮޑު ޑިސްކައުންޓަކާއެކު ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ

"މީގެ ކުރިންރާއްޖެއިން މެލޭރިޔާ، ފައިލޭރިޔާ ޕޯލިއޯ ވެސް ވަނީ ނައްތާލެވިފައި. މިއަހަރުގެ ތެރޭގައި ހިމަބިހިވެސް ނައްތާލެވިދާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް،" މިނިސްޓަރ ނަޒިމް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ޑަބްލިއޫއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓީވް ޑރ. އަރްވިންދު މާތޫރު ވިދާޅުވީ ރާއްޖެއަށް އާއްމުކޮށްގެން ވެކްސިން ގެންނަނީ ރާއްޖޭގެ ބަޖެޓުގެ ތެރެއިން ކަމަށާއި އެހެން ނަމަވެސް މި ކެމްޕެއިނަށް ޚަރަދުކުރަނީ ޑަބްލިއުއެޗްއޯ އިން ކަމަށެވެ. އެގޮތުން ވެކްސިން ޑޯސްއެއްގެ އަގަކީ ގާތްގަނޑަކަށް 70 ސެންޓް ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި ޕްރޮގްރާމްގެ ވެކްސިނަށް ޖުމުލަ 49،000 ޑޮލަރު ހަރަދުވާއިރު، އެއީ 755،000ރުފިޔާ އެވެ. 

"ހިމަބިހީގެ ވެކްސިން އަކީ އާއްމުގޮތެއްގާ އެހެން ވެކްސިންތަކާ ބަލާ އިރު އަގުހެޔޮކޮށް ލިބެން ހުންނަ ވެކްސިންއެއް. އަދި ސިއްހަތުގެ ޖަމިއްޔާ މެދުވެރިކޮށް މި ވެކްސިން ހޯދުމުން އިތުރަށް ހަރަދު ކުޑަވާނެ" ޑރ އަރްވިންދު މާތޫރު ވިދާޅުވި އެވެ.

ހިމަބިއްސަކީ އެންމެ ފަސޭހައިން ގައިންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. މި ބަލިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ނަމަ 10 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 90 ޕަސެންޓް ކުދިންނަށް މި ބަލި ޖެހުން ގާތެވެ. މިބަލީގެ އަސަރު އެންމެ ބޮަޑަށް ކުރާނެ ކަމަށް ބެލެވެނީ ފަސް އަހަރުން ދަށުގެ ކުދިންނާއި 20 އަހަރުން މަތީގެ މީހުންނަށެވެ. އަދި ބަލިޖެހޭ ކުދިންގެ ތެރެއިން 10 ޕަސެންޓް ކުދިން ބަލީގައި މަރުވުމުގެ ފުރުސަތު އޮންނަ ކަމަށް ސިއްހީ މާހިރުން ހާމަކުރެއެވެ.

މި ސެޓްފިކެޓް ލިބިއްޖެ ނަމަ މީސްލްސް ނުވަތަ ހިމަބިހި ނައްތާލެވުނު ސަރަހައްދުގެ ފުރަތަމަ ގައުމަށްވުމަކީ މުޅި ގައުމަށް ލިބޭ ފަހުރެއްގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ލިބިގެންދާނެ ކުރިއެރުމެއް ކަަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.

އަލަށް ފަށާ މިކެމްފެއިންގެ ތެރެއިން 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ދެ ޑޯސް ޖަހައި، މުޅި ރާއްޖެ ރައްކާތެރިކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް