Advertisement
ކ. މާލެ
|
4 މެއި 2019 | ހޮނިހިރު 14:40
ކައުންސިލަރުން މިސްކިތް ސާފުކުރުން
ކައުންސިލަރުން މިސްކިތް ސާފުކުރުން
ރާއްޖެއެމްވީ
މިސްކިތްތައް ސާފުކުރުން
މިސްކިތްތައް ސާފު ތަނެއްގެ ގޮތުގައި ބަހައްޓައިދިނުމަށް މޭޔާރ އެދިވަޑައިގެންފި
ބައެއް މީހުން އަންނަނީ މިސްކިތް ހަޑިކުރަމުން
ރޯދަމަހަށް މިސްކިތްތައް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި

ހުރިހާ މިސްކިތްތަކެއް ސާފުތަނެއްގެ ގޮތުގައި ބަހައްޓައިދިނުމަށް އެދިލައްވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔާރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ ވިދާޅުވީ ދިވެހިންނަކީ އަބަދު ވެސް މިސްކިތްތައް ސާފުކޮށް ރީތިކޮށް ބަލަހައްޓަމުން އަންނަ ބައެއް ކަމަށާއި، ނަމަވެސް މިހާރަކަށް އައިސް ބައެއް މީހުން މިސްކިތްތައް ހަޑިކުރަމުން އަންނާތީ، އެކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. މިސްކިތްތަކުގައި ކައިބޮއެ، އެއްޗެހި ދޮވެ، ނިދާ ހަދާ ކަމުގެ ޝަކުވާ ލިބެމުން އަންނަކަން މޭޔާރ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައ ހިމެނެނީ ބިދޭސީންނާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް މޭޔާރ ވިދާޅުވިއެވެ.

މޭޔާރ ވަނީ މިސްކިތްތައް ރީތި ތަނެއްގެ ގޮތުގައި ބެހެއްޓުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް  އެދިވަޑައިގެންފައެވެ.  މިސްކިތްތައް ސާފުތަނެއްގެ ގޮތުގައި  ބެހެއްޓުމަށް މިސްކިތްތައް ބެލެހެއްޓުމަކީ އިމާމުގެ ޒިންމާއެއް ކަމަށާއި، އެކަމަށް އިމާމުން ސަމާލުކަން ދެއްވަންޖެހޭނެ ކަމަށް މޭޔާރ ވިދާޅުވިއެވެ.

 މޭޔާރ ވިދާޅުވީ ރޯދަމަހަށް މިސްކިތްތައް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ކުރަމުންދަނީ އެކަމަށް އެކުލަވާލެވިފައިވާ ކޮމިޓީއަކުން ކަމަށެވެ. އޭގެ ތެރޭގައި އާ ސަހަރާގެ މިސްކިތުގެ ކާޕެޓް އައު ކުރުމުގެ މަސައްކަތާއި، މިސްކިތްތަކުގެ ކުލަލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން މޭޔާރ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 މެއި 2019 | ހޮނިހިރު 14:47
Izumiya
Miskiy tha saafu veema nimu mee tha wuloo kuraa bai ga hunna iskuru tha halaaku ve bey nun nukure vey varu ga hunna gina mis kithu ga Sahara ga hinavaa beige hunna faahaa naa ah wuloo kollan vannan nukerey muru dhaaru kamun maruvaa meehun ge aailaa anhenun. Wuloo kurevey ne gothe novey. Varah vedhun shifaa aha