Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 19:16
ފުލުހުން އަތުލައިގަނެފައިވާ ބަނގުރާ ނައްތާލަނީ
ފުލުހުން އަތުލައިގަނެފައިވާ ބަނގުރާ ނައްތާލަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
ޕޮލިސް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
ނައްތާލާގައިވަނީ 500 އެމްއެލްގެ 40 ފުޅިއަކާއި، ފަސް ލީޓަރުގެ ހަތަރު ފުޅިއަކާއި، 20 ޓައްޕެއްގައި ހުރި ބަނގުރާ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ގިނަ ޢަދަދައްގެ ބަނގުރާ ނައްތާލައިފި އެވެ.

 

ފުލުހުން ބުނީ ހޮނިހިރު ދުވަހު ދޫނިދޫގައި ނައްތާލާފައިވާ ބަނގުރާ ނައްތާލާފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓްގެ ފުލުހުންގެ ހާޒިރުގަ ކަމަށެވެ. ނައްތާލާފައިވާ ބަނގުރަލުގެ ތެރޭގައި ހިމެނެނީ މިމަހުގެ ކުރީކޮޅު މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީންގެ ބަޔަކު ބަނގުރާ އުފައްދާކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.  އޭގެ ތެރޭގައި ހިމެނެނީ 500 އެމްއެލްގެ40 ފުޅިއަކާއި، ފަސް ލީޓަރުގެ ހަތަރު ފުޅިއަކާއި، 20 ޓައްޕެއްގައި ހުރި ބަނގުރާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

 

އެތަކެތި ނައްތާލާފައިވަނީ ތަހްޤީޤަށް ބޭނުންވާ ސާމްޕަލްސް ނެގުމަށްފަހުގައި ކަމަށް ފުލުހުން ބުނެއެވެ.

 

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ނެގެވޭ މަސްތުވާތަކެއްޗާއި ބަނގުރާތައް ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް