ކ. މާލެ
|
4 މެއި 2019 | ހޮނިހިރު 07:09
ނިކޯލް ކިޑްމަން އާއި ހިޔު ޖެކްމަން
ނިކޯލް ކިޑްމަން އާއި ހިޔު ޖެކްމަން
ޑެއިލީ މެއިލް
ހޮލީވުޑް
ޓޮމް ކްރޫޒާ ދެ މީހުންގެ ކައިވެނި ރޫޅި ހިތްދަތިވި ދުވަސްތަކުގައި އެހީތެރިވީ ހިޔު: ކިޑްމަން
ދިހަ އަހަރަށްފަހު ކައިވެނި ރޫޅުނީ 2001ގައި

އޮސްކާ އެވޯޑް ހާސިލް ކޮށްފައިވާ އޮސްޓްރޭލިއާގެ ބަތަލާ ނިކޯލް ކިޑްމަން އާއި ކުރީގެ ފިރިމީހާ ޓޮމް ކްރޫޒް ކައިވެނި ރޫޅުނު ދުވަސްވަރު އޭނާއަށް އެންމެ ބޮޑަށް އެހީތެރިވީ ހިޔު ޖެކްމަން އާއި އަންހެނުން ޑެބޯރާ ލީ ފާރނަސް ކަމަށް ކިޑްމަން ބުނެފިއެވެ.

އޮސްޓްރޭލިއަން ވުމަންސް ވީކްލީއަށް ދިން އިންޓަވިއުގައި ކިޑްމަން ވަނީ އޭނާގެ ވަރިއާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

"އަހެރެން ކައިވެނި ރޫޅުނު ހިތްދަތި ދުވަސްވަރު އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ހިޔު އާއި ޑެބް. އެ ދުވަސްވަރު އެދެމީހުންނަކީ އަހަރެންގެ އެންމެ ގާތް ދެ އެކުވެރިން" ކިޑްމަން ވަނީ ބުނެފައެވެ.

ކިޑްމަން އާއި ކްރޫޑްގެ ކައިވެނި ދިހަ އަހަރަށް ފަހު ރޫޅިފައި ވަނީ 2001 ވަނަ އަހަރުއެވެ.

މި ދެ މީހުން ވަނީ ދެ ކުދިން އެޑޮޕްޓް ކޮށްފައެވެ. އެއީ އިސަބެލާ 26، އާއި ކޮނާ 24، އެވެ.

ކިޑްމަން މިހާރު ދަނީ ސްޓާ ވޯލްޑް އިން ދެއްކުމަށް ހަމަޖެހިފައިވާ "ބިގް ލިޓުލް ލައިސް" ގެ ދެވަނަ ސީޒަންގެ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް