Advertisement
ކ. މާލެ
|
3 މެއި 2019 | ހުކުރު 21:42
ސީލައިފްގެ މައްސަލައިގެ އަޑު އުފުލަން ބޭއްވި މުޒާހަރާ
ސީލައިފްގެ މައްސަލައިގެ އަޑު އުފުލަން ބޭއްވި މުޒާހަރާ
ރާއްޖެއެމްވީ
ސީލައިފްގެ މައްސަލަ
ސީލައިފް މައްސަލައަށް ހައްލު ހޯދަން އެދި އަޑުއުފުލައިފި
ހިނގާލުން ބާއްވާފައިވަނީ ހުކުރު ދުވަހު

ފްލެޓް ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ލާރި ހޯދައި، މީހުން ހާލުގައި ޖެއްސި ސީލައިފް ގްލޯބަލް ކުންފުނީގެ މައްސަލަ އަވަސް ކޮށްދިނުމަށް އެދި ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.

ސީލައިފްގެ ޝިކާރައަކަށްވި ފަރާތްތަކުން ''އިންސާފު އަވަސް ކޮށްދެއްވާ''ގެ ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ފްލެޓް ގަންނަން ލާރި ދައްކާފައިވާ އެތައް ފަރާތަކުން ވަނީ އަޑު އުފުލާފައެވެ.

އެގޮތުން ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރު ކުރުމަށް ގޮވާލާ މި މައްސަލައިގައި އަވަސް ގޮތަކަށް ނިންމައި ދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ސީލައިފް ކުންފުންޏަށް ފްލެޓް އަޅަން ދީފައިވާ ސައިޓް ރެއިންބޯ ކުންފުންޏަށް ދީފައިވާ ކަމަށް ހުޅުމާލެ ގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މިހިނގާލުމުގެ ބައިވެރިން ވަނީ ފްލެޓް އަޅަން ހަމަޖެހިފައިވާ ސަރަހައްދަށް އެތަނުގައި އައްމަޓީގެ ވެރިޔާ ހައްޔަރުކުމަށް ގޮވާލާ ހަދާފައިވާ ބޯޓްތައް އެސަރަހައްދުގައި ބަހައްޓާ ބެނާތައް ވެސް ދަމާފައެވެ.

ލޯނު ނަގައިގެން ސީލައިފް އިން ފްލެޓް ގަންނަން ލާރި ދެއްކި ފަރާތަކުން މިއަދުގެ ހިނގާލުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ބުނީ، ސީލައިފް މައްސަލަ ނުބެލި ދިގުދެމިގެން ދާތީވެ އެތައް ބަޔަކަށް އޭގެ ސަބަބުން ގެއްލުން ލިބެމުންދާ ކަމަށެވެ. ގިނަ ފަރާތްތަކުން އެ ފްލެޓްތައް ގަނެފައިވަނީ ބޮޑެތި ލޯނާއި، ގޭގެ ފަދަ ތަންތަން މޯގޭޖް ކޮށްގެންނެވެ.

އެ މައްސަލާ ގައި ވަކީލެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވާ މަރިޔަމް ޝުނާނާ ވިދާޅުވީ، އެ މައްސަލަ އޮތީ ކޯޓުގެ'' ޑިސްޕިއުޓް ރެޒިލޫޝަން'' މަރުހަލާގައި ކަމަށެވެ. އަދި ސަރުކާރުން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައިވާ ޕްރޮޖެކްޓްތައް ބަލާއި ތަހުގީގު ކުރުމަށް މި ސަރުކާރުން ވަނީ އަތުކުރި އޮޅާލާފައެވެ. މި ހިނގާލުމުގެ ބައިވެރިންގެ ޝަކުވާތައް އަޑު އެއްސުވުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ އެސަރަހައްދަށް ވަޑައިގެންފައެވެ. އަދި އެފަރާތްތަކުގެ ޝަކުވާތަކަށް ސަރުކާރުގެ ތެރެއިން ކޮށްދެވެން އޮތް ކަންތައް ބަލާ ވިހާވެސް އަވަސް ފިޔަވަޅެއް އެޅުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަކީ ކުރީގެ ރައީސް ޔާމީންއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. އައްމަޓީ ހޯދުމަށް ރެޑް ނޯޓިސް ނެރެދިނުމަށް ދިވެހި ފުލުހުން ވަނީ އިންޓަޕޯލް ގައި އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް