Advertisement
ކ. މާލެ
|
3 މެއި 2019 | ހުކުރު 18:44
މާލެއިން ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން، އެ ބޮން ޑިފިއުޒް ކުރުމަށް ސިފައިން ހަރަކާތްތެރި ވަނީ
މާލެއިން ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން، އެ ބޮން ޑިފިއުޒް ކުރުމަށް ސިފައިން ހަރަކާތްތެރި ވަނީ
އޭޕީ
އެންސީޓީސީ
ޓެރަރިޒަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްދީ، މަސްދަރު ސިއްރު ކުރާނަން: އެންސީޓީސީ
އެންސީޓީސީގެ ހޮޓްލައިން 1615އަށް ގުޅައި ހިއްސާ ކުރޭ

ޓެރަރިޒަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްދިނުމަށާއި އެފަދަ މައުލޫމާތު ދޭ ފަރާތް ނުވަތަ މަސްދަރު ސިއްރު ކުރާނެ ކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އިން ބުނެފިއެވެ.

އެންސީޓީސީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެފަދަ މައުލޫމާތު ނުވަތަ އާދަޔާ ހިލާފު ކަމެއް ފެނިއްޖެނަމަ، އެ ސެންޓަރުގެ ހޮޓްލައިން ނަމްބަރު 1615އަށް ހިއްސާކޮށްދެއްވުމަށް އެދޭ ކަމަށެވެ. އީމެއިލުން ވެސް އެ މައުލޫމާތު އެ ސެންޓަރާ ހިއްސާ ކުރެވޭނެ ކަމަށާއި އެފަދަ މައުލޫމާތު ދޭ ފަރާތްތައް ސިއްރު ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެންސީޓީސީން ވަނީ ދީފައެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަކީ ޓެރަރިޒަމާއި ހައްދު ފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ސެންޓަރެކެވެ. ދެހާސްސޯޅަ ވަނަ އަހަރު އެ ސެންޓަރު އުފައްދާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުން ބާރު ލިބިގެންނެވެ. 

އެ ސެންޓަރުގެ މަސައްކަތަކީ، ޓެރަރިޒަމުގެ ޙަރަކާތްތަކާއި ހައްދު ފަހަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ދިވެހިރާއްޖޭގަޔާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތްކުރުމެވެ. އަދި ދިވެހި ސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކާއި މުވައްސަސާތައް ވިލަރެސްކޮށްގެން އެފަދަ ޙަރަކާތްތަކާއި ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ. އެންސީޓީސީ ހިންގަމުންދަނީ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް