Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 18:00
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
މުހައްމަދު ޝަރުހާން
ފުލުހުން ވަޒީފާއިން ވަކިކުރުން
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
މި ދެ ފުލުހުން ވަޒީފާއިން ވަކިކުރީ މިދިޔަ ޑިސެމްބަރ މަހު

އިސްކަންދަރު ކޮށި ތެރެއަށް އިންޒާރުގެ ލިޔުންތަކެއް އެޅި މައްސަލާގައި ދެ ފުލުހަކު ވަޒީފާއިން ވަކި ކޮށްފިކަމަށް ބުނާ ޚަބަރުތަކެއް މީޑިއާގައި ފެތުރެން ފަށައިފިއެވެ.

މި ދެ ފުލުހުން ހައްޔަރުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިދިޔަ ނޮވެމްބަރ މަހުގައި ބޭއްވި "އަސްލު ޖަލްސާ" އަށް ކުލަހެދުމުގައި އައުމަށް އެންގުމުން އެކަމާ ހިންހަމަނުޖެހުން ފާޅުކޮށް އަޅާފައިވާ ލިޔުންތަކާ ގުޅިގެންނެވެ.

މިފަދަ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފިނަމަ އޮންނަ އުސޫލުގެ ދަށުން ވަޒީފާއިން ވަކި ކުރެވޭއިރު، މި ދެ ފުލުހުން ވެސް ވަނީ މިދިޔަ ނޮވެމްބަރ މަހު ހައްޔަރުކޮށް ޑިސެމްބަރ މަހުގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފައެވެ. އެހެން ނަމަވެސް މި ޚަބަރު މީޑިއާ ތަކާހަމައަށް އައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އިސްކަންދަރު ކޮށްޓަށް އެޅި ލިޔުންތަކުގައި ބުނެފައިވަނީ ފުލުހުންނަކީ ސަރުކާރުގެ ސިޔާސީ އެޖެންޑާ ދިފާއުކުރަން ޖެހޭ ބައެއް ނޫންކަމާއި ޕީޕީއެމްގެ ޖަލްސާއަށް ދިޔުމަށް ފުލުހުންނަށް މަޖުބޫރު ކޮށްފައިވާކަމަށެވެ. އަދި މި ލިޔުންތަކުގައި ސިޔާސީ ޖަލްސާއަށް ކުލަހެދުމުގައި ދިޔުމަށް ބުނި ބުނުން ކުށްވެރިކޮށްފައި ވެސް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް