ކ. މާލެ
|
3 މެއި 2019 | ހުކުރު 16:43
ޖޯ ޖޯނަސް އާއި ސޯފީ ޓާނާ
ޖޯ ޖޯނަސް އާއި ސޯފީ ޓާނާ
ޕީޕަލް މެގަޒިން
ހޮލީވުޑް
ސޯފީ ޓާނާ އާއި ޖޯ ޖޯނަސް ކައިވެނިކޮށްފި
މި ދެމީހުން ކައިވެނި ކުރިކަން ސޯފީގެ ސްޕޯކްސްވުމަން ވަނީ ޔަގީންކޮށްދީފައި

"ގޭމް އޮފް ތުރޯންސް" ގެ ބަތަލާ ސޯފީ ޓާނާ އާއި އެމެރިކަން ޕޮޕް ސްޓަރ ޖޯ ޖޯނަސް ކައިވެނިކޮށްފި އެވެ.

މި ދެމީހުން ކައިވެނި ކުރިކަން ސޯފީގެ ސްޕޯކްސްވުމަން ވަނީ ޔަގީންކޮށްދީފައެވެ.

ބުދަ ދުވަހު ލޮސް އެންޖެލިސްގައި މިދެމީހުން ކައިވެނިކޮށްފައި މި ވަނީ އެންޖޭގް ކުރިތާ 18 މަސް ފަހުންނެވެ.

މި މި ދެ މީހުން އެންގޭޖްމަންޓް އިއުލާންކޮށްފައި ވަނީ 2017 ގެ އޮކްޓޯބަރުގަ އެވެ.

ސޯފީ 23، އާއި ޖޯ، 29، ކައިވެނި ކުރާނީ މި އަހަރުގެ ފަހުކޮޅު ފްރާންސްގެ ވެރިރަށް ޕެރިހުގައި ކަމަށް ކުރިން ވަނީ އަޑުފެތުރިގެން ގޮސްފައެވެ.

ނަމަވެސް ސަޕްރައިޒްއެއްގެ ގޮތުގައި މި ކައިވެނި ކޮށްފައިވާއިރު މި ހަފްލާގައި ބައިވެރިވެފައި ވަނީ އާއިލާ އާއި ދެމީހުންގެ ގާތް ރައްޓެހިންނެވެ.

މި ކައިވެނީގެ ރަސްމިއްޔާތުގައި ނަގާފައިވާ ވީޑިއޯތަކެއް ޑީޖޭ ޑިޕްލޯ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފައެވެ. އެވީޑިއޯގައި ސޯފީ ހުދު ކުލައިގެ ވެއިލް އެއް އަޅައިގެން ރޫމުން ހިނގާފައި އަންނަ މަންޒަރު ފެނިގެން ދެއެވެ. އަދި ޖޯ އޭނާގެ ބްރަދާސް އާއި އެކު ކުރިމަތީ ހުއްޓީގެން ހުރެއެވެ.

 

- ކޮމެންޓް