Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 17:16
އެމްއެންޑީއެފްގެ ކޯސްޓްގާޑު
އެމްއެންޑީއެފްގެ ކޯސްޓްގާޑު
ގޫގުލް
އެމްއެންޑީއެފް
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
އެ ދޯނީގައި ހުންނާނީ 12 ދުވަހުގެ ކާބޯތަކެތި ކަމަށް މައުލޫމާތު ލިބިފައިވޭ
އެދޯނި ހޯދުމަށް ލަންކާ އާއި އިންޑީއާގެ ކޯސްޓްގާޑުގެ އެހީތެރިކަމަށް މިހާރު ވަނީ އެދިފަ
"ބުލޫ ފިޝް 1" ދޯނި ގެއްލިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން

ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު "ބުލޫ ފިޝް 1" ދޯނީގައި ކޮއްތު ހުންނާނީ 12 ދުވަހަށް ވާ ވަރަށް ކަމަށާއި އެ ދޯނި ހޯދުމަށް އަވައްޓެރި ސްރީލަންކާއާއި އިންޑިއާގެ ކޯސްޓްގާޑުގައި އެދިއްޖެ އެވެ.

 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް އާދިއްތަ ދުވަހު ވިދާޅުވީ އެ ދޯނީގައި ކާބޯތަކެތި ހުންނާނީ 12 ދުވަހަށް ވާ ވަރަށް ކަމަށް، އެ ދޯނީގެ ވެރިފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ދޯނި ހޯދުމަށް އަވައްޓެރި ސްރީލަންކާއާއި އިންޑިއާގެ ކޯސްޓްގާޑުގެ އެހީއަށް އެމްއެންޑީއެފްއިން މިހާރު އެދިފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

 

އެމްއެންޑީއެފުން ބުނީ "ބުލޫ ފިޝް 1" ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކ. އަތޮޅު ދިއްފުށި ބޭރުގައި އޮއްވާ ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައި ވެއެވެ.

 

މި ދޯންޏަކީ ދިގުމިނުގައި 87 ފޫޓް ހުންނަ ދޯންޏެކެވެ. އަދި މި ދޯނީގެ ބޭރުގައި ގަދަ ނޫކުލައިގެ ދަވާދު ލާފައިވާއިރު ދޯނީގެ ގެ ގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

 

މިއުޅަނދާ ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް