ކ. މާލެ
|
2 މެއި 2019 | ބުރާސްފަތި 16:26
ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ލިވަޕޫލް ބަލިކޮށް ބާސާ ފައިނަލާ ގާތަށް
 
ލިވަޕޫލްގެ މައްޗަށް ބާސާ ކުރި ހޯދީ 0-3 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ލިވަޕޫލްއާ ވާދަކޮށް ބާސާއިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ލަނޑު ޖެހުމަށް ވެސް ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ވަނީ ލިބި ބޭކާރުވެފައެވެ.

ބާސާ އިން މެޗުގެ ލީޑު ނެގީ 26 ވަނަ މިނެޓުގައެވެ. މި ލަނޑު ޖޯޑީ އަލްބާގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ލުއިސް ސުއަރޭޒްއެވެ. މި ލަނޑަށް ފަހު ވެސް ބާސާއަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މީގެ އިތުރުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މުހައްމަދު ސަލާހް އަދި ސާޑިއޯ މާނޭއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލްއިން އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

ބާސާއިން މެޗުގެ ލީޑު ފުޅާކުރީ 75 ވަނަ މިނެޓުގައެވެ. މި ލަނޑު ކާޡމިޔާބުކުރީ ލިއޮނެލް މެސީއެވެ. އަދި މެސީ ވަނީ 82 ވަނަ މިނެޓުގައި ހިތްގައިމު ހިލޭ ޖެހުމެއް ކާމިޔާބުކޮށް ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އޭނާ ބާސާއަށް ކާމިޔާބުކުރި 600 ވަނަ ލަނޑެވެ.

މި ނަތީޖާއާއެކު ފައިނަލުން ޖާގަ ހޯދުމަށް ދެވަނަ ލެގުގައި ބާސާއާ ދެކޮޅަށް ކުޅޭ މެޗު ލިވަޕޫލުން ހަތަރު ލަނޑުގެ ތަފާތުން ކާމިޔާބުކުރަން ޖެހޭނެއެވެ.

ލިވަޕޫލް އަދި ބާސާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހު ހަވަނަ ދުވަހު ލިވަޕޫލް ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް