Advertisement
ކ. މާލެ
|
2 މެއި 2019 | ބުރާސްފަތި 12:10
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އަދީބު ބޭސްފަރުވާއަށް ގޭ ބަންދަށް ބަދަލު ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ތާއީދު ކޮށްފި
އަދީބު ގޭބަންދަށް ބަދަލު ކުރަން ހައިކޯޓުން ހުކުމް ކުރީ ޖެނުއަރީ 28 ގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ގޭ ބަންދަށް ބަދަލު ކުރަން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ. 

ބޭސް ފަރުވާކުރެވެން ދެން ގޭބަންދަށް ބަދަލުކުރަން އަދީބުގެ ފަރާތުން ހައިކޯޓަށް ހުށައެޅުމުން އެކޯޓުން ޖެނުއަރީ މަހުގެ 28 ގައި ކުރި  ޙުކުމުގައި ބުނެފައިވަނީ  އެމަނިކުފާނުގެ ބޭސްފަރުވާ ނިމެންދެން ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރު ކޮށްފައެވެ. އެހެން ނަމަވެސް އޭގެ ޖެހިގެން އައިދުވަހު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަށް އަންގައި އެކޯޓުން ވަކި އެއްޗެއް އަންގަންދެން ހައި ކޯޓުގެ އަމުރު ވަގުތީ ގޮތުން  ތަންފީޒުކުރަން އަންގާފައެވެ. 

އެކަށީގެންވާ ބޭސް ފަރުވާ ނުލިބިގެން އަދީބު ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅުމުން  އެ ކޯޓުން ނިންމީ އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ސިވިލް ކޯޓުން މައްސަލަ ބޭރު ކުރުމުން ހައިކޯޓުގައި މައްސަލަ އަދީބުގެ ފަރާތުން  އިސްތިއުނާފު ކުރި އެވެ. ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހައިކޯޓުން ކޮށްފައިވާ އަމުރުގައި ވާގޮތަށް ކުރިއަށް ގެންދިއުމަށެވެ. ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ އަދީބަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅިގެން އެމަނިކުފާނަކީ ފުރާނައަށް ނުރައްކާ ވެދާނެ ފަރާތެއް ކަމަށް ބަޔާންކޮށް ޑޮކްޓަރުގެ ފަރާތުން ލިޔުން ދޫކޮށްފައިވާ ފަރާތެއް ކަމަށާއި ޖަލުގައި ހުންވާތަނަށް ހޭނެތިގެން ވެއްޓުނު ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އަދީބުގެ ފަރާތުން ހުށައެޅި ހުށައެޅުމަށް ގޭބަންދުގައި ބެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށާއި ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. 

އަދީބު ގެއަށް ބަދަލުކުރަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ޕޮލިސް ވެސް ހިމެނޭ ގޮތަށް ދިވެހި ދައުލަތުގެ ފަރާތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް