Advertisement
ކ. މާލެ
|
2 މެއި 2019 | ބުރާސްފަތި 10:33
ސުޕްރީމް ކޯޓުން އެކުލަވާލި މަގުޗާޓު އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސުޕްރީމް ކޯޓުން އެކުލަވާލި މަގުޗާޓު އާންމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އަވަސް
ދިވެހިރާއްޖޭގެ ޖުޑީޝަރީ
ޖުޑީޝަރީގެ އިސްލާހީ އެޖެންޑާއަކީ ފުރުސަތެއްކަމަށް ދެކި، އެ ފުރުސަތުގެ ބޭނުންކުރުން މުހިންމު: މާރިޔާ
ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސްލާހީ އެޖެންޑާ ފުރުސަތެއްކަމަށްދެކި ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައި
މިވެސް ފުރުސަތެއް ކަމަށް ބަލަންޖެހޭ

ސުޕްރީމް ކޯޓުން އެކުލަވާލި، ޖުޑީޝަރީ އިސްލާގް ކުރުމުގެ މަގުޗާޓަކީ ފުރުސަތެެއް ކަމަށް ދެކި، އެ ފުރުސަތުގެ ބޭނުން ހިފުން މުހިންމު ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ޖުޑީޝަރީއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ޝަރުއީ ދާއިރާގެ މަގުޗާޓު، ސުޕްރީމް ކޯޓުން އެކުލަވާލައި ބުދަ ދުވަހުގެރޭ ވަނީ އާންމުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ޑިފެންސް މިނިސްޓަރ މާރިޔާ ވެސް ވަނީ ބައިވެރިވެވަޑައިގެންފައިވެ އެވެ. 

ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވުމުން، ސުޕްރީމް ކޯޓުން އެކުލަވާލި މަގުޗާޓަށް ސަރުކާރުން ތާއީދުކުރަނީތޯ އާންމު ރައްޔިތުން ސުވާލު ކުރަމުންގެންދަނިކޮށް، ޤާނޫނީ ވަކީލުކަން ވެސް ކުރެއްވި މިނިސްޓަރ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސްލާހީ އެޖެންޑާ ފުރުސަތެއް ކަމަށް ދެކި ރާއްޖޭގެ މީހުންގެ ރާއްޖެއަށް އިސްލާހު ގެނައިގޮތަށް، ޖުޑީޝަރީގެ އިސްލާހީ އެޖެންޑާ ފުރުސަތެއް ކަމަށް ދެކި އެ ފުރުސަތުގެ ބޭނުންކުރުން މުހިންމު ކަމަށެވެ. އަދި އެއީ އެކަމަނާގެ ހިޔާލު ކަމަށާއި، އެކަމާއި ހިޔާލު ތަފާތުވާ ބަޔަކު ވެސް އުޅޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

ސުޕްރީމް ކޯޓުން އެކުލަވާލި އެ މަގުޗާޓުގައިވާގޮތުން ގިނަ ބާރުތަކެއް ހޯދުމަށް ހިމަނާފައިވެއެވެ. އެގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އިސްލާހްކުރުމުގެ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލުމަށް ވަނީ ހިމަނާފަ އެވެ. އަދި ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް މަގުޗާޓުގައި ހިމަނާފައިވާއިރު، ޖޭއެސްސީ އަލުން އެކުލަވާލުމަކީ ޖުޑީޝަރީގެ މިނިވަންކޮށް، އިސްލާހްކުރުމަށް އެންމެ މުހިންމު ކަންތައް ކަމަށް މަގުޗާޓުގައި ބުނެފައިވެއެވެ. 

ޝަރުއީ ދާއިރާގެ މަގުޗާޓުގައިވާގޮތުން ފަނޑިޔާރު ގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރުކުރުމަށް ބަޖެޓްގެ ކޮންޓްރޯލް ޖުޑީޝަރީއަށް ނެގުމަށް ހިމަނާފައިވެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ވަކި މިންވަރެއް ޝަރުއީ ދާއިރާއަށް ކަނޑައެޅުުމާއި، ހަރަދުތައްކުރުން ޝަރުއީ ދާއިރާއަށް ދޫކޮށްލުމަށް ހިމަނާފައިވެއެވެ. 

މިނިސްޓަރ މާރިޔާގެ އިތުރުން އެ ރަސްމިއްޔާތުގައި ސަރުކާރުގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް