Advertisement
ކ. މާލެ
|
2 މެއި 2019 | ބުރާސްފަތި 08:28
މާލޭގެ ވިޔަފާރި ބަނދަރު
މާލޭގެ ވިޔަފާރި ބަނދަރު
މުހައްމަދު ޝަރުހާން
މާލޭ ވިޔަފާރި ބަނދަރު
ވިޔަފާރި ބަނދަރުގައި ގިނަ ދުވަސްވެފައިވާ މުދާ މިމަހުގެ 14ގައި ނީލަންކިޔަނީ
މިމަހުގެ 13ގައި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ހުށަހަޅަންޖެހޭ

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަ ދުވަސްވެފައިވާ މުދާ މިމަހުގެ 14ގައި ނީލަންކިޔަން ނިންމައިފިއެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ ނީލަން ކިޔާ މުދާ ބެލުން މިމަހުގެ 12 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:30 ނިޔަލަށް ކުރިއަށްދާނެ ކަމަށާއި، މުދާ ބެލުމަށް އައުމުގެ ދެގަޑިއިރު ކުރިން ނަން ނޯޓު ކުރަންވާނެ ކަމަށެވެ.

ޕޯޓްސް ލިމިޓެޑުން ބުނީ މިނީލަމުގައި ބައިވެރިވެވޭނީ މިމަހުގެ 13ވާ ހޯމަ ދުވަހު ރޭގަނޑު 16:00 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓަށް ގޮސް، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

އަދި ނީލަން ކިޔުން ކުރިއަށް ގެންދާނީ މިމަހުގެ 14 މެއި ވާ އަންގާރަ ދުވަހު 14:00 ން ފެށިގެން ކަމަށެވެ.

މުދާ ނީލަންކިޔުން ކުރިއަށް އެކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދުގެ ދަށުންނެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް