Advertisement
ކ. މާލެ
|
2 މެއި 2019 | ބުރާސްފަތި 08:22
ކުރިމަގު ބޯޓުގައި ބިދޭސީންތަކެއް
ކުރިމަގު ބޯޓުގައި ބިދޭސީންތަކެއް
މުހައްމަދު ޝަރުހާން
ބިދޭސީން
ބޯޓަކުން ބިދޭސީއަކު ގެއްލުނު މައްސަލައެއްގައި ދެ ފަޅުވެރިއަކު ހައްޔަރުކޮށްފި
ހައްޔަރު ކުރީ ވެސް ދެ ބިދޭސީން

ށ. ޅައިމަގާއި މާލެއާ ދޭތެރޭ ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލުނު މައްސަލާގައި އެ ބޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ބިދޭސީމީހާ ގެއްލުނުތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީވެފައެވެ. އޭނާ ގެއްލުނުކަން އެނގުނީ ޅައިމަގުން ފުރަން އުޅެނިކޮށް، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ.

ފުލުހުން ބުނީ ބިދޭސީމީހާ ގެއްލުނީ "ކުރިމަގު" ކިޔާ ބޯޓަކުން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޅައިމަގު ކައުންސިލުން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ގެއްލުނު ބިދޭސީމީހާ ހޯދައި، ނުފެނުމުން އެ ބޯޓު ޅައިމަގުން ފުރައިގެން މާލެ އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބޯޓު މާލެ އައުމުން ބޯޓަށް އަރައި، ޗެކްކޮށް، ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންނާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކާއި 36 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ޅައިމަގުގައި އަޑު ފެތުރިފައިވާ ގޮތުން ބިދޭސީމީހާ ގެއްލުނީ ބޯޓުގައި މަސައްކަތް ކުރާ ބިދޭސީންނާ ޖެހުނު މައްސަލައަކަށް ފަހު ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރު ކުރި މީހުންނަކީ ބޯޓުގެ ބިދޭސީން ފަޅުވެރިންނަށްވާއިރު، ބިދޭސީމީހާ ގެއްލުނުތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް އޭނާ ނުފެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 މެއި 2019 | ބުރާސްފަތި 04:29
ޙަޖީ
ގޮޅިޖެހި ގަމީސްލައިގެން އެހުރީ ގެއްލުނުމީހާ