Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 21:19
މާމިގިލި: ހަަތަރު މީހަކަށް އަނިޔާވި
މާމިގިލި: ހަަތަރު މީހަކަށް އަނިޔާވި
ރާއްޖެ އެމްވީ
އދ. މާމިގިލި
މާމިގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ފަރުވާއަށް ގެންދަނިކޮށް ނިޔާވެއްޖެ
އެކްސިޑެންޓު ހިނގީ މާމިގިލީ އެއާޕޯޓުގައި
އޭނާ ނިޔާވީ ފަރުވާއަށް އެހެން ރަށަށް ގެންދަނިކޮށް

އދ. މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް ގެންދަނިކޮށް ނިޔާވެއްޖެއެވެ.

މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދު ވިދާޅުވީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކު ޒަހަމްވި އެ ރަށު އެއާޕޯޓުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެއާޕޯޓުގައި ހިނގި އެ އެކްސިޑެންޓުގައި ތިން މީހެއްގެ ފައި ބިންދައިގެން ދިޔަ ކަމަށާއި އެކެއްގެ ބޯ ފަޅައިގެން ގޮސް، ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށެވެ.

އޭގެ ތެރެއިން ހާލު ސީރިއަސްވި މީހަކު މާލެ ގެންދަން އުޅެނިކޮށް، އިތުރު ފަރުވާއަށް އެ އަތޮޅު މަހިބަދޫއަށް ގެންދިޔަ ފަހުން އެ ރަށު ހޮސްޕިޓަލުގައި އޭނާ މަރުވެފައިވާ ކަމަށެވެ.

ފަރުވާ ދެމުންދަނިކޮށް މަރުވީ އދ. މާމިގިލީ، ބިންމާ، އަހުމަދު ރަޝީދު އަބްދުއްޝަކޫރެވެ.

މާމިގިލީ އެއާޕޯޓުގައި އެކްސިޑެންޓް ހިނގީ، ދުއްވާފައި ދިޔަ ވެހިކަލެއް ކޮންޓްރޯލުނުވެ ގޮސް، ޖޯންޔެއްގައި ތިބި ބައެއްގެ ގައިގައި ޖެހިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް